logo

ބަޖެޓު އެބަހުރި! މިއަހަރު 1900 އެއްހައި މުއައްޒަފުން ޙިދުމަތައް ނެރޭނަން: ހެލްތް މިނިސްޓަރު

profile

ރިޟްވާން މޫސާ - 12 އޭޕްރީލު 2026 - 08:12

ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރު 1900 އެއްހާ މުވައްޒަފުން ޚިދުމަތަށް ނެރެވޭނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީ ކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ވެސް އަބަދުވެސް ކުރައްވަމުން އަންނަ ކަމަށެވެ.

ނާޒިމް ވިދާޅުވީ ސިއްޙީ ދާއިރާއިން މީހުން ބިނާ ކުރުމާއި، އެ ދާއިރާ އަށް އޮތް ބޮޑެތި ގޮންޖެހުންތައް ނައްތާލައި ގިނަ މުއައްޒަފުން ތަކެއް މި ދާއިރާ އަށް ނެރުމަކީ ސިއްޙީ ޙިދުމަތްތައް ފޯރުކޮށް ދިނުމުގައި އޮތް ގޮންޖެހުންތަކަށް އޮތް ހައްލެއް ކަމަށާއި، މީހުން ބިނާ ކުރުމާއި، ވަސީލަތްތައް ގާއިމުކުރަން ބަޖެޓު އެބަހުރި ކަމަށެވެ.

ޞިއްޙީ ދާއިރާގެ ތަރައްޤީއަށް މިވީ 2 އަހަރުގެ ތެރޭގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އަތޮޅުތަކާއި އިތުރު 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށް، 10 ރަށެއްގައި އަލަށް ޑައިލިސިސްގެ ޚިދުމަތްދޭން ފަށާފައިވާކަމަށެވެ.

ނާޒިމް ވިދާޅުވީ، މި ދާއިރާއިން އިންސާނީ ވަސީލަތް ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުވެސް 1700 އެއްހާ މުވައްޒަފުން ޚިދުމަތަށް ނެރެފައިވާކަމަށެވެ. އަދި މިއަހަރު އިތުރު 1900 އެއްހާ މުވައްޒަފުން ނެރެވޭނަކަމަށެވެ. މިއީ ހިސާބުކުރެވިގެން ބަޖެޓްކުރެވިގެން ކުރެވޭ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިއްޙީ ދާއިރާ އަށް އަދިވެސް ޑޮކްޓަރުންނާއި، ނަރުހުން އިތުރަށް ބޭނުންވާ ކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ މި ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވަމުން އަންނަ ދަރިވަރުންނަށް މި ދާއިރާގައި ޙިދުމަތް ކުރުމަށް ގިނަ ފަރާތްތަކެއް ޝާމިލް ވެގެން ދިއުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk