logo

55 ކައުންސިލް އިމާރާތުގެ މަސައްކަތުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ!

profile

ރިޟްވާން މޫސާ - 11 ޖުލައި 2026 - 07:30

ކައުންސިލް އިމާރާތްތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ %66 މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ކައުންސިލުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ، ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އާރުސީސީއާ ޙަވާލުކޮށްގެން 55 ކައުންސިލް އިމާރާތުގެ މަސައްކަތް ކުރަމުންނެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓަރކްޗަރ ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓުން ވިދާޅުވީ، 55 ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ޖުމްލަ %66 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެކި އިމާރާތްތަކުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށެވެ.

ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އާރުސީސީއާ ޙަވާލުކޮށްގެން 55 ކައުންސިލް އިމާރާތުގެ މަސައްކަތް ކުރިޔަށްދާއިރު، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކައުންސިލް އިމާރާތްތަކެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ، 50 ކައުންސިލް އިމާރާތެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ހައުންސިން މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫޢުގެ މަސައްކަތް ފަށާނެ ތާރީޚެއް ކަނޑައެޅޭނީ، "އިމްޕްލިމެންޓޭޝަން އެގްރީމަންޓުގައި ސޮއިކުރުމަށްފަހުގައި ކަމަށެވެ.

ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އާރުސީސީއާ ޙަވާލުކޮށްގެން 55 ކައުންސިލް އިމާރާތުގެ މަސައްކަތް ކުރިޔަށްދާއިރު، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކައުންސިލް އިމާރާތްތަކެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ، 50 ކައުންސިލް އިމާރާތެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކަމަށެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ފަށާނެ ތާރީޚެއް ކަނޑައެޅޭނީ، "އިމްޕްލިމެންޓޭޝަން އެގްރީމަންޓުގައި ސޮއިކުރުމަށްފަހުގައި ކަމަށެވެ.

ސަރުކާރުން މީގެކުރިން ހާމަކުރައްވާފައިވާ ގޮތުގައި އަލަށް ތަރައްޤީ ކުރާ ކޮންމެ ކައުންސިލް އިމާރާތެއްގައިވެސް 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ހުންނާނެއެވެ.


https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk