
މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫއެއް މާލޭ ސިޓީ ކައުންސިލުން ކުރިޔަށް ގެންދަނީ

އާމިނަތު ޝަޒްލާ - 10 ޖުލައި 2026 - 11:39
މާލެ ސިޓީ ކައުންސިލްގެ މެދުރާސްތާގެ ތަރައްޤީގެ ޕްލޭންގައި، މަދުވެގެން 1.5 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ރޭ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ހާމަކުރި މި ޕްލޭންގައިވާ ގޮތުން، މި މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމަށް ނިންމާފައިވަނީ އަމިއްލަ ފަރާތްތަކަށް (ޕްރައިވެޓް ސެކްޓަރަށް) ހުޅުވާލައިގެންނެވެ.

މި ތަރައްޤީގެ ޕްލޭންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި، ޕާކިންގް ބިލްޑިންގތަކާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ޒަމާނީ ފެންވަރުގެ ލަފާފުރާ ގިމަތަތަކުގެ އިތުރުން، ޕާކުތަކާއި މައިޒާންތަކާއި ވިޔަފާރި ކޮމްޕްލެކްސްތައް ހިމެނެއެވެ.
ކައުންސިލްގެ މާލީ ތަނަވަސްކަން އިތުރުކުރުމަށްޓަކައި އެކުލަވައިލާފައިވާ މި ޕްލޭންގައި، ކައުންސިލްގެ ބިންތަކާއި އިމާރާތްތަކުން އެންމެ އެކަށީގެންވާ ނަފާ ހޯދުމަށްޓަކައި 'ބޭސް ރޭޓް ފްރޭމްވޯކެއް' އެކުލަވައިލައި ތަންފީޒުކުރުމަށް ވަނީ ހިމަނައިފައެވެ. މީގެއިތުރުން، މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ ގޮތުން 'ރިޒާވް ފަންޑެއް' ޤާއިމުކޮށް، އާމްދަނީ ލިބޭނެ ފަދަ ކަންކަމަށް އެ ފަންޑުން އިންވެސްޓްކުރުމަށް ވެސް ވަނީ ރާވައިފައެވެ.
މީގެ އިތުރުން، ކައުންސިލްގެ ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަށް ވެސް މި ޕްލޭންގައި އިސްކަންދީފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ ކައުންސިލުން އަލިފާނުގެ ހާދިސާ ހިނގި ތިން ތަނެއް ސާފުކުރަން ފަށައިފި
4 ގަޑިއިރު ކުރިން

މާލީ ދާއިރާ ތަރައްގީކުރަން އިންޑިއާއިން ދަނީ ރާއްޖެއަށް އެހީތެރިވަމުން: އިންޑިއާ ސަފީރު
6 ގަޑިއިރު ކުރިން

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ
6 ގަޑިއިރު ކުރިން

ފްރާންސް ސެމީފައިނަލަށް ދަތުރުކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)