logo

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ

profile

މުޙައްމަދު ފަޟްލޫން - 10 ޖުލައި 2026 - 11:38

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއް ރަޙްމާން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

އެ ގައުމުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިއީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރައްވާ މުހިންމު މަސައްކަތްޕުޅުތަކެއް ހިމެނޭ ދަތުރުފުޅެކެވެ. އދ. ގެ 81 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް ޑރ. ހަލީލުއް ރަޙްމާން އިންތިހާބުވެވަޑައިގަތީ މިދިޔަ މަހުގެ 2 ވަނަ ދުވަހުއެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަހުގެ 23 ވަނަ ދުވަހު ފިލިޕީންސްގެ މެނީލާގައި ފަށާ 33 ވަނަ އާސިއާން ރީޖަނަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްފަހު، މިނިސްޓަރު ރާއްޖެއަށް ވަޑައިގަތުމަށް ވަނީ ތާވަލުކުރެވިފައެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، އދ. ފަދަ ބައިނަލްއަގުވާމީ މައިދާންތަކުގައި ސަރަހައްދީ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ އިސްވެރިންނާ އެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk