logo
މަސްތުވާތަކެތީގެ މައްސަލައެއްގައި 2 މީހުން ހައްޔަރުކުރުން

މަސްތުވާތަކެތީގެ މައްސަލައެއްގައި 2 މީހުން ހައްޔަރުކުރުން

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 2 މީހުން ހައްޔަރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 24 ނޮވެމްބަރު 2026 - 13:15

އެއާކާގޯއިން ރާއްޖެ އެތެރެކުރި މުދަލުގެ ތެރޭގައި ފޮރުވައިގެން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

އެއާކާގޯއިން އެ މީހުން ރާއްޖެ އެތެރެކުރި މުދަލުގެ ތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ ވެށި، މުޙައްމަދު ޒިޔާދު އާއި ސ. މަރަދޫފޭދޫ ނިލަމެހިގެ، އިސްމާޢީލް ނަޞީރު އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލެއިންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ

https://wamco.com.mv/
tel:+9607331319