logo
ކުޑަކުދިންތަކެއް

ކުޑަކުދިންތަކެއް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ބައެއް ކުދިން އާއިލާ އާއި ހަވާލްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 24 ނޮވެމްބަރު 2026 - 13:14

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ބައެއް ކުދިން އާއިލާ އާއި ހަވާލްކޮށްފައިވާ ކަމަށް ސިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

https://wamco.com.mv/

އާއިލާ އާއި އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ހުސްވި މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 153 ކުދިންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ތިބި ކުދިންގެ ތެރޭގައި ހިމެނެނީ 89 ފިރިހެން ކުދިންނާއި 64 އަންހެން ކުދިންނެވެ.

މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ތިން ކުއްޖަކު މިދިޔަ މަހުގެ ތެރޭގައި އަނބުރާ އާއިލާތަކާ ހަވާލުކުރެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އެ ވުޒާރާގެ ހިސާބުތަކުން ދައްކާ ގޮތުގައި، އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 11 މައްސަލައެއް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާ ގުޅުންހުރި ތިން މައްސަލައަކާއި އަންހެނުންނާ ގުޅުންހުރި 8 މައްސަލައެކެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު އުމުރުން ދުވަސްވީ މީހުން ބެލެއްޓުމާއި ގުޅޭ 4 މައްސަލަ އާއި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި އާއިލާތައް ބެލެހެއްޓުމާއި ގުޅޭ 4 މައްސަލަ އާއި މާލީ ތަނަވަސްކަމެއް ނެތް ފަރާތްތަކާއި އާއިލާތައް ބެލެހެއްޓުމާ ގުޅޭ 2 މައްސަލައިގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅައިލުމާއި ގުޅޭ 1 މައްސަލަ ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319