
ރައްޔިތުންގެ މަޖިލިސް
އަންހެނުންގެ ކޮމިޓީތަކަށް ދޭ ފައިސާ ދެގުނަ ކުރަން ހުށަހަޅައިފި

މުޙައްމަދު ފަޟްލޫން - 24 ނޮވެމްބަރު 2026 - 13:14
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާޙުގެ ދަށުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ދޫކުރާ މާލީ އިނާޔަތް ދެގުނައަށް ބޮޑުކުރުމަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެމްބަރު އާޒިމް އަބްދުލްޢަޒީޒެވެ.
މި އިސްލާޙުގެ މައިގަނޑު މަގްސަދަކީ، ލޯކަލް ކައުންސިލްތަކަށް ދައުލަތުން ކަނޑައަޅާ ހިލޭ އެހީގެ ބަޖެޓުގެ ތެރެއިން ޑަބްލިއުޑީސީތަކުގެ ޒިންމާތައް އަދާކުރުމަށް މިހާރު ހާއްސަކޮށްފައިވާ ފަސް އިންސައްތަ، ދިހަ އިންސައްތައަށް އިތުރުކުރުމެވެ.
މި ބަދަލާއެކު، އަންހެނުންގެ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށާއި ތަރައްގީގެ އެކި ޕްރޮގްރާމްތައް ރޭވުމަށް ލިބޭ މާލީ އެހީތެރިކަން ދެގުނަވެގެންދާނެއެވެ.
މީގެއިތުރުން، ކައުންސިލްތަކަށް ހިލޭ އެހީ ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ބަޖެޓު ތަންފީޒުކުރުމުގައި ރިކަރަންޓް ޚަރަދުތައް ކަނޑައެޅިފައިވާ ވަކި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުމަށް ލާޒިމުކުރާ އުސޫލުތަކެއްވެސް މި ބިލުގައި ހިމަނާފައިވެއެވެ.
ހަމައެއާއެކު، އެއްވެސް ޤާނޫނެއްގެ ދަށުން ކައުންސިލްތަކުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކްސް އެއް ނުދައްކައިވާނަމަ، ދައުލަތުގެ ބަޖެޓުން އެ ކައުންސިލަކަށް ހިލޭ އެހީ ދޫކުރަންވާނީ، އެ ޓެކުހަށް ދައްކަންޖެހޭ ފައިސާ އުނިކުރުމަށްފަހު ބާކީވާ މިންވަރު ކަމުގައިވެސް މި އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 2 މީހުން ހައްޔަރުކޮށްފި
43 މިނިޓު ކުރިން

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ބައެއް ކުދިން އާއިލާ އާއި ހަވާލްކޮށްފި
44 މިނިޓު ކުރިން
.jpg&w=3840&q=75)
ނަފްސާނީވާން ދިމާވާ އެންމެ ބޮޑުމައްސަލައަކީ އަޅުވެތިކަން: މައުރޫފް
3 ގަޑިއިރު ކުރިން

"ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުން ހަމަހަމަކަން ގެންގުޅެންޖެހޭ"
3 ގަޑިއިރު ކުރިން


