
ފްރާންސް ސެމީފައިނަލަށް ދަތުރުކޮށްފި

މުޙައްމަދު ފަޟްލޫން - 10 ޖުލައި 2026 - 11:38
ވޯލްޑް ކަޕް 2026 ގެ ކުއަރޓަރ ފައިނަލްގައި މޮރޮކޯ ބަލިކޮށް ފްރާންސް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޖިލެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފްރާންސް ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅު ފްރާންސުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
ލޫކަސް ޑީނޭ ފޮނުވާލި ބާރު ހަމަލާއެއް އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
ފްރާންސުން މެޗު ކޮންޓްރޯލް ކުރަމުން ދަނިކޮށް، 28 ވަނަ މިނެޓްގައި އެމްބަޕޭއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރް ބެލުމަށްފަހު އެ ޓީމަށް ޕެނަލްޓީއެއް ލިބުނެވެ.
ކީލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ، މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗު ކޮންޓްރޯލް އެނބުރި ހޯދުމަށް މޮރޮކޯއިން މަސައްކަތް ކުރިއިރު، ފްރާންސް ދިޔައީ މޮރޮކޯގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވަމުންނެވެ.
ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފްގައި ފްރާންސްގެ ފުރަތަމަ ލަނޑު މެޗުގެ 60 ވަނަ މިނެޓްގައި ޖަހައިދިނީ އެމްބާޕޭ އެވެ.
ފްރާންސްގެ ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓްގައި ޖަހައިފައިވަނީ ޑެމްބޭލޭއެވެ.
ވޯލްޑްކަޕް ޗެމްޕިއަންކަން މީގެ ކުރިން ދެ ފަހަރު ހޯދާފައިވާ ފްރާންސް، ތިންވަނަ ފަހަރަށް ތަށި އުފުލާލުމުގެ އަމާޒުގައި ސެމީ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ސްޕެއިން ނުވަތަ ބެލްޖިއަމްއާއެވެ.
ގުޅުން ހުރި ޙަބަރުތައް

ޖޫރިމަނާގެ އެއް މިލިއަން ރުފިޔާ އަދީބު ދައުލަތަށް ދައްކައި ޚަލާޞްކޮށްފި
3 ގަޑިއިރު ކުރިން

މޭޔަރާއި ދެ ކައުންސިލަރުން މެލޭޝިއާއަށް ފުރާވަޑައިގެންފި
3 ގަޑިއިރު ކުރިން
.png&w=3840&q=75)
އޭސީސީގެ މަގާމަށް ސީބީއެމްގެ ރައީސް ފައިސަލް އަނެއްކާވެސް އިންތިޚާބުވެއްޖެ
9 ގަޑިއިރު ކުރިން

ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް "ދާރުއްސަލާމް" ގެ މަސައްކަތް ފަށައިފި
9 ގަޑިއިރު ކުރިން


