logo

ފްލެޓް ހޯދަދޭނެ ކަމަށް ބުނެ އެތަކެއް ބަޔަކު އަތުން ފައިސާ ފޭރުނު ޑެޕިއުޓީ މިނިސްޓަރެއްގެ މައްސަލަ އެއް ފެންމަތިވެއްޖެ!

profile

ރިޟްވާން މޫސާ - 06 ޖުލައި 2026 - 01:27

މި ސަރުކާރުން ދޫކުރާ ފްލެޓާއި ގޯތި ހޯދައި ދޭނެ ކަމަށް ބުނެ އެތަކެއް ބަޔަކު އަތުން ފައިސާ ފޭރުނު މީހެއްގެ މައްސަލަ އެއް ފުލުހުންނަށް ހުށައަޅައިފި އެވެ.

https://wamco.com.mv/

ފައިސާ ފޭރުނު މައްސަލައިގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ފިޝްރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މައްސަލަ އެކެވެ.

އެނގިފައިވާ ގޮތުގައި އެމީހާ އަކީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ މުހައްމަދު ޔަސީން ނަމަކަށް ކިޔާ މީހެކެވެ.

undefinedފްލެޓް ހޯދަދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ހަދާފައިވާ އެގްރިމެންޓެއްގެ ކޮޕީ އެއް

"އަސްލުޓީވީ" އަށް އެނގިފައިވާ ގޮތުގައި އޭނާ ވަނީ އެތަކެއް ބަޔަކު އަތުން އޮޅުވާލައިގެން މި ސަރުކާރުން ދޫކުރާ ފުލެޓާއި ގޯތި ދޭނެ ކަމަށް ބުނެ އެކަންކަމުގެ އެގްރިމެންޓް ތަކެއްވެސް ހެދުމަށްފަހު އެމީހުންގެ އަތުން ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ އާއި ގާތްކުރާ އަދަދަކަށް ފައިސާ ފޭރިގަނެފަ އެވެ.

"ފްލެޓް ހޯދަދޭނެ ކަމަށް ބުނީ. ދެން އަޅުގަނޑުވެސް ރައްޓައްސަކަށް އިތުބާރު ކޮށްފަ މި ފައިސާ ދިނީ ވެސް. ދެމުން ވެސް ބުނިން ފުލެޓް ނުލިބިއްޖެއްޔާ އަނބުރައި މި ފައިސާ ދޭން ވާނެ އޭ. އެގްރިމެންޓް ވެސް ހަދާފަ ފިންގާ ޕްރިންޓް ވެސް ޖަހާފަ އޮތީ." މި ފައިސާ ދިން ފަރާތަކުން އަސްލުޓީވީ އަށް ކިޔައިދިނެވެ.

އެނގިފައިވާ ގޮތުގައި މި ފައިސާ އޮޅުވާލައިގެން ހޯދާފައިވަނީ މުހައްމަދު ޔަސީންގެ ނަމުގައި ހަދާފައިވާ "ސްޓާރ ސްކައި ސޭންޑް" ނަމަކަށް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުވައިގެންނެވެ.

undefinedމުހައްމަދު ޔަސީންގެ ނަމުގައި ހަދާފައިވާ ކުންފުނި "ސްޓާރ ސްކައި ސޭންޑް"

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަނީ ފިޝަރީޒް މިނިސްޓްރީގެ ފަސް ވަރަކަށް މުއައްޒަފުންގެ އަތުންވެސް މިގޮތަށް އޮޅުވާލައިގެން މި ފައިސާ ހޯދާފަ އެވެ.

މި މައްސަލަ މިހާރު ވަނީ މި ފައިސާ ލިބެންޖެހޭ ބައެއް މީޙުންގެ ފަރާތުން ފުލުހުންނަށް ހުށައަޅާފަ އެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހި ކަމުގެ މަޝްރޫއުގައި އެއްވެސް ބާވަތެއްގެ ކޮރޮޕްޝަންގެ އަމަލެއް އެއްވެސް މިންވަރަކަށް ނޯންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުިއްޒު ވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk