logo
މެރިކަލްޗަރ ދާއިރާގެ މަސައްކަތްތައް ކުރަނީ---

މެރިކަލްޗަރ ދާއިރާގެ މަސައްކަތްތައް ކުރަނީ---

މެރިކަލްޗަރ ދާއިރާ ތަރައްގީކުރުމަށް މިހާތަނަށް 13 ސަރަހައްދެއް ކަނޑައަޅައިފި

profile

ޖިނާން ޙުސައިން ޖަބީން - 21 ނޮވެމްބަރު 2026 - 13:12

ދިވެހިރާއްޖޭގައި މެރިކަލްޗަރ ނުވަތަ ކަނޑުފަޅުގެ ދިރުންތައް އާލާކުރުމުގެ ދާއިރާ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން 13 ސަރަހައްދެއް މިކަމަށް ހާއްސަކޮށް، ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

https://wamco.com.mv/

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މެރިކަލްޗަރ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ:

  1. ތ. އަތޮޅުން 2 ސަރަހައްދު
  1. މ. އަތޮޅުން 3 ސަރަހައްދު
  2. ފ. އަތޮޅުން 2 ސަރަހައްދު
  3. ދ. އަތޮޅުން: 2 ސަރަހައްދު
  4. ގއ. އަތޮޅުން: 1 ސަރަހައްދު
  5. ބޮޑުތިލަދުންމަތިން: 1 ސަރަހައްދު
  6. ކ. މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއް

ރާއްޖޭގެ ޖިއޮގްރަފީގެ ބޮޑުބަޔަކީ ކަނޑުގެ ސަރަހައްދަށް ވުމާއެކު، މި ވަސީލަތްތަކުން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދިނުމާއި، ލުއި ގޮތްތަކެއްގެ މަތިން ބިމާއި ފަޅުތައް ދޫކުރުމުގެ އިންތިޒާމުތައް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން، "އެސްއެމްއީ ޑިޖިޓަލް" އާއި ކަމާބެހޭ ވުޒާރާ ގުޅިގެން މެރިކަލްޗަރ ހާއްސަ ލޯނު ސްކީމެއް ވެސް މިހާރު ދަނީ ހިންގަމުންނެވެ.

View post on Twitter

މި ސިނާއަތް ކުރިއެރުވުމަށް އެޅިފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، 2025 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސިނާއީ ފެންވަރުގައި ބޭރުގެ ބާޒާރަށް މޫދުވިނަ އެކްސްޕޯޓުކުރަން ފެށުން ހިމެނެއެވެ.

މީގެއިތުރުން، މި ދާއިރާއަށް ބޭނުންވާ ދިވެހި ފަންނީ މަސައްކަތްތެރިން ބިނާކުރުމަށްޓަކައި "ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ" ޕްރޮގްރާމުތައް ވެސް ވަނީ ފުޅާކޮށްފައެވެ. ކުރިން އަހަރަކު ދެ ޕްރޮގްރާމް ހިންގި ނަމަވެސް، މިހާރު ކޮންމެ އަހަރަކު ހަތަރު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިހާތަނަށް ހިންގި 8 ކޯހެއްގެ ތެރެއިން ޖުމްލަ 102 ފަރާތަކުން ވަނީ މި ދާއިރާއިން ތަމްރީނު ފުރިހަމަކޮށްފައެވެ.

https://wamco.com.mv/
tel:+9607331319