logo

ފްލެޓް ހޯދަދޭން ފައިސާ ނެގިކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކަތަކެއް! އެއީ އަޅުގަނޑުގެ އަބުރު ކަތިލަން ބަޔަކު ހިންޖި ޖަރީމާއެއް: ޔަސީން

profile

ރިޟްވާން މޫސާ - 06 ޖުލައި 2026 - 07:37

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ފުލެޓާއި، ގޯތި ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި ކަމަށް ބުނާ ފަރާތުން އެކަން ދޮގު ކުރައްވައިފި އެވެ.

https://wamco.com.mv/

މިފަދަ މައްސަލައެއްގައި ތުހުމަތު ތަކެއް ކުރެވިފައި ވާކަމަށް ބުނާ މީހަކީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ޔަސީން ނަމަކަށް ކިޔާ މީހެކެވެ.

ޔަސީންގެ މައްޗަށް ބަޔަކު މީހުން ތުހުމަތުކޮށްފައި ވަނީ އޮޅުވާލައިގެން ފްލެޓާއި، ގޯތި ހޯދަދޭނެ ކަމަށް ބުނެ ބަޔަކު މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާފައިވާ މައްސަލަ އެކެވެ.

"އަސްލުޓީވީ" އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޔަސީން މިއަދު ވިދާޅުވީ މި މައްސަލަ އަކީ އެމަނިކުފާނަށް އެނގިލައްވާފައިވާ މައްސަލައެއް ނޫން ކަމަށާއި، ފްލެޓް ހޯދަދިނުމަށް އަދި ގޯތި ހޯދަ ދިނުމާއި، މިފަދަ އެއްވެސް ބާވަތެއްގެ ކަމެއް ކުރުމަކަށް އެއްވެސް މީހެއްގެ އަތުން މިހާތަނަކަށް އެއްވެސް ފައިސާ އެއް ހޯދާފައި ނުވާނެ ކަމަށެވެ.

ޔަސީން ވިދާޅުވީ މިފަދަ ކަންކަމަކީ މީހުންގެ އަބުރު ކަތިލުމަށް ބަޔަކު މީހުން އޭނާ އާއި، ބެހޭގޮތުން ދައްކައިގެން އުޅޭ ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

ޔަސީން އަކީ މިވަގުތު މި ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވުމުން އެފަދަ ކަމެއް ކުރުން އަދި އެފަދަ ކަމަކަށް ހިތްވަރު ދިނުން ވެސް އެއީ ބަލައިގަންނަ ކަމެއް ނޫން ކަމަށް ޔަސީން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ނަމަވެސް އަސްލުޓީވީ" އަށް އެނގިފައިވާ ގޮތުގައި އޭނާ ވަނީ އެތަކެއް ބަޔަކަށް އޮޅުވާލައިގެން މި ސަރުކާރުން ދޫކުރާ ފުލެޓާއި ގޯތި ދޭނެ ކަމަށް ބުނެ އެކަންކަމުގެ އެގްރިމެންޓް ތަކެއްވެސް ހެދުމަށްފަހު އެމީހުންގެ އަތުން ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ އާއި ގާތްކުރާ އަދަދަކަށް ފައިސާ ހޯދާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk