
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް
އައިސްޕްލާންޓްތައް ފެނަކަ އާއި ހަވާލްކުރުމުން ދެބައިކުޅަ އެއްބައި ޕްލާންޓްގެ އޮޕަރޭޝަން ހުއްޓުނު: ޝިޔާމް

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2026 - 08:31
ނިމިދިޔަ ސަރުކާރުގައި މިފްކޯގެ ބެލުމުގެ ދަށުން ހިންގަމުން އައި އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރުމާ ގުޅިގެން، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޕްލާންޓްގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް އައިސް ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
މި މައްސަލަ ދިމާވީ އައިސްޕްލާންޓްތައް ހިންގުމުގެ ޒިންމާ ފެނަކައާ ހަވާލުކުރުމުން ކަމަށާއި، އެ ކުންފުނީގައި އައިސްޕްލާންޓްތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން ނެތުމުގެ ސަބަބުން ގިނަ ޕްލާންޓްތަކެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން މިހާރު ވަނީ އެ އައިސްޕްލާންޓްތައް އަލުން މިފްކޯގެ ދަށަށް ބަދަލުކޮށްފައެވެ.
ރާއްޖޭގައި މިހާރު ހުރި 74 އައިސްޕްލާންޓްގެ ތެރެއިން 27 ޕްލާންޓެއް އޮޕަރޭޓް ކުރަމުންދަނީ މިފްކޯގެ ބެލުމުގެ ދަށުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްވެރިންގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ދޯނިފަހަރުގައި ލޮނުން އައިސް އުފެއްދޭނެ ނިޒާމުތައް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ވައުދެއްކަން ފާހަގަކުރައްވައި، އެ މަސައްކަތް ކުރިއަށްދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ފަރުމަސްވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެ ފަރާތްތަކަށް ބޭނުންވާ އައިސްޕްލާންޓްތައް ބިނާކުރުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށްދާކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ހީނާ ގޯޅީގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް، އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފި
2 ގަޑިއިރު ކުރިން

ޑޮލަރުގެ މައްސަލަ ހައްލުނުކުރެވި އޮތް އިރު، ރަށްރަށުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ: ނަޝީދު
2 ގަޑިއިރު ކުރިން

ދައުލަތުގެ މުހިންމު އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް!
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
ވިހަ ބަނގުރާ ބޮއިގެން އިންޑިއާގެ މަނީޕޫރުން 11 މީހުން މަރުވެއްޖެ
5 ގަޑިއިރު ކުރިން


