
ރާއްޖެއަކީ ތިމާވެށި ހިމާޔަތް ކުރުމުގައި ނަމޫނާ ގައުމެއް: ރައީސް

ރިޟްވާން މޫސާ - 06 ޖޫން 2026 - 06:03
މި ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަމުން އަންނަ ކަމަށާއި، ތިމާވެށި ހިމާޔަތް ކުރުމުގައި ދިވެހިރާއްޖެއަކީ ނަމޫނާ ގައުމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 5 ވަނަ ދުވަހެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން މި ދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ އިއްޔެ ދެއްވެވި ޙިތާބު ފެއްޓެވީވެސް އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު ގަހެއް އިންދެވުމަށްފަހުގަ އެވެ.
"ދަ ޕަލްސް" ނަމުގައި ރައީސް އޮފީހުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ކުނިކޮށިތައް ޤާއިމުކުރުމާއި، ހުރިހާ ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމަކީ އަމާޒެއް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެ ފެހިކުރުމުގެ ބޮޑު މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމުމާއި، އިޔާދަކުރަނިވި ހަކަތައިގެ 33 އިންސައްތައިގެ އަމާޒު ހާސިލްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ މައިގަނޑު ސިނާޢަތްތަކަށް، ޚާއްޞަކޮށް މަސްވެރިކަމަށްކުރާ އަސަރުތަކަށްވެސް ރައީސް ބައްލަވާލެއްވިއެވެ. އެގޮތުން ބިން ހިއްކުމުގެ ސަބަބުން އެންވެރިކަމަށް އަސަރުކުރާކަން ފާހަގަކުރައްވައި، އެންވެރިކަން ނުގެއްލޭނެ ފަދަ ގޮތަކަށް އިޔާދަ ކުރެވޭނެ ޕްރޮގްރާމުތައް ހިންގުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ތިމާވެށީގެ ވާހަކަ ދައްކަނީ، ނަތީޖާ ނެރެވޭނެ އަދި ވަށާޖެހޭ ގޮތައްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލްކުރައްވާނެ ކަމަށާއި، ތިމާވެށި ޙިމާޔަތްކުރުމުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ނަމޫނާ ދައްކާނެ ޤައުމަކަށް ރާއްޖެވާނެ ކަމަށް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ހުޅުވާލައިފި
18 ގަޑިއިރު ކުރިން

ފްރެންޗައިޒްގެ އެންމެ ކާމިޔާބު ފެށުމާއެކު 64.35 ކުރޯޑް ރުޕީސް ހޯދައި، "ޓޯޓަލް ދަމާލް" ގެ ރެކޯޑް މުގުރާލައިފި
18 ގަޑިއިރު ކުރިން

އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
20 ގަޑިއިރު ކުރިން
ހަމަޖެހުން ގާއިމުވުމުން އުޅަނދުފަހަރަށް ދަތުރުފަތުރުގެ ހުއްދަ ދޫކުރަން ފަށާނެ ކަމަށް އީރާނުން ބުނެފި
20 ގަޑިއިރު ކުރިން


.gif&w=3840&q=75)