logo

އިންޑިއާށް ދަތުރުކުރާއިރު ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަންޖެހޭނެ

profile

މުޙައްމަދު ފަޟްލޫން - 29 މޭ 2026 - 08:04

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސެލްފް ޑެކްލެރޭޝަން" ފޯމު ފުރަންޖެހޭ ގޮތަށް އެ ގައުމުގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ނިންމައިފިއެވެ.

https://wamco.com.mv/

އިންޑިއާ ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހަލުވިކަމާއެކު އެބޯލާ ވައިރަސް ފެތުރެމުންދާތީ، އެއީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަންދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެންނެވެ.

މި ނިންމުމާ އެއްގޮތަށް އެކުލަވައިލާފައިވާ ހާއްސަ އުސޫލުގެ (އެސްއޯޕީ) ދަށުން، ކޮންމެ ފަސިންޖަރަކުވެސް އެ މީހެއްގެ ސިއްހީ ހާލަތު ބަޔާންކޮށް، ސެލްފް ޑެކްލަރޭޝަން ފޯމު ފުރުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ވެސް ވަނީ އިންޑިއާއަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، މިއީ އެބޯލާ ބަލިން ރައްކާތެރިވުމުގެ ގޮތުން ބައިނަލްއަގުވާމީ ސިއްހީ މިންގަނޑުތަކާ އެއްގޮތަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

މީގެއިތުރުން، އިންޑިއާގެ އެއާޕޯޓްތަކުގައި ފަސިންޖަރުން ސްކްރީންކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކޮންގޯ، ޔުގެންޑާ އަދި ދެކުނު ސޫދާނަށް ކުރާ ޒަރޫރީ ނޫން ދަތުރުތައް މަޑުޖައްސާލުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު، ތައިލޭންޑުން ވެސް ވަނީ އެ ގައުމުތަކުން އަންނަ ދަތުރުވެރިންނަށް ހާއްސަ އެއާޕޯޓުތަކަކުން އެތެރެވާންޖެހޭ ގޮތަށް ހަމަޖައްސައި، 21 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރުން މަޖުބޫރުވާ ގޮތަށް އުސޫލުތައް ކަނޑައަޅާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk