
ސީނިއާ ސާޖަންޓް އަހުމަދު އާސިފް، ފެނުނީ މޫދު އަޑީގައި ނިޔާވެފައި އޮއްވާ: ފުލުހުން

އާމިނަތު ޝަޒްލާ - 11 ޖޫން 2026 - 05:20
ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ގެއްލުނު ފުލުހަކު، މޫދު އަޑިން ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ސީނިއާ ސާޖަންޓް އަހުމަދު އާސިފްއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ރޭ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބޭނުންކުރި "ޕޮލިސް ލޯންޗް 57" ގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ސީނިއާ ސާޖަންޓް އަހުމަދު އާސިފް ގެއްލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މިކަން ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށާއި، އާސިފް ފެނިފައިވަނީ މޫދު އަޑި ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުންގެ ވަނީ ހާމަކޮށްފައެވެ.
އާސިފް ނިޔާވި ފުލުސް މީހާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންގޮސްފައެވެ. ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 17 ޕަސެންޓަށް ދަށަށް ހިނގައްޖެ
3 މިނިޓު ކުރިން

ނަސަންދުރަ ސަރަހައްދުގަ އޮންނަ ޖެޓީއަށް ފެރީތައް ކައިރިކުރުމަށް ހުއްދައެއް!
12 މިނިޓު ކުރިން

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން، އެސްޖީން މަގާމުން ވަކިކޮށްފި
12 މިނިޓު ކުރިން

އެމްއެންޔޫގެ މަލްޓި ޕާޕަސް ބިލްޑިންގެ ބިންގާ އަޅައިފި
13 މިނިޓު ކުރިން


.gif&w=3840&q=75)