logo

އަގުމަގު އެޕް ލޯންޗްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 16 ޖުލައި 2026 - 06:07

ބާޒާރުގައި ތަކެތީގެ އަގުތައް ހުރިގޮތް ފަސޭހަކަމާއެކު އާންމުންނަށް ބަލައިލެވޭނެ އަގުމަގު އެޕްލިކޭޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ތައާރަފްކޮށްފިއެވެ.

https://wamco.com.mv/

މިއީ ބާޒާރުގައި ތަކެތީގެ އަގުތައް ހުރިނެތްގޮތް އާންމުންނަށް ދެފުށް ފެންނަ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އެކުލަވައިލާފައިވާ ޕޯޓަލްއެކެވެ.

މި ޕޯޓަލް އެންމެ ފުރަތަމަ ލޯންޗްކޮށްފައިވަނީ 28 ފެބްރުއަރީ 2025 ގައެވެ.

ފުރަތަމަ މާލޭގެ ފިހާރަތަކުގެ އަގުތަކަށް އެކަނި ހާއްސަކޮށްފައި އޮތް ނަމަވެސް، އަލަށް ތައާރަފްކުރި މޯބައިލް އެޕްލިކޭޝަނާއެކު މުޅި ރާއްޖޭގެ ހުރިހާ ރަށްރަށެއްގެ ބާޒާރުގެ އަގުތައް މިހާރު ބަލައިލެވޭނެ ކަމަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދުވަހަކު އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީގެ އެންމެ ފަހުގެ އަގުތައް އެއް ތަނަކުން ބަލައިލެވޭނެއެވެ.

އެގޮތުން، އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖް އަގުގެ އިތުރުން އެންމެ މަތީ އަގުތައް ވެސް މި އެޕުން ފެންނަން ހުންނާނެއެވެ.

މީގެ އިތުރުން، ފާއިތުވި 10 ދުވަހުގެ ތެރޭގައި ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތައް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ދެނެގަނެވޭނެއެވެ.

"އަގުމަގު" އެޕްގެ ސަބަބުން ކޮންމެ ރަށެއްގައި ހުރެގެން ވެސް، އެހެން ރަށްރަށުގެ ބާޒާރުގައި ތަކެތީގެ އަގު ހުރި ގޮތް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއީ ދަތުރުފަތުރު ކުރުމުގެ ކުރިން ނުވަތަ ވިޔަފާރި ކުރުމުގެ ކުރިން، ތަކެތި އެންމެ ހެޔޮކޮށް ލިބެން ހުރީ ކޮން ސަރަހައްދެއްގައިތޯ ބަލައި، އިގްތިސާދީ ގޮތުން ފައިދާހުރި ނިންމުންތައް ނިންމުމަށް އާންމުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ތަކެތީގެ އަގަށް އަންނަ ބަދަލުތައް ވަގުތުން ބަލައިލެވޭނެއެވެ.

އަގު ހެޔޮވުމުން ނުވަތަ ބޮޑުވުމުން އެކަމުގެ ނޮޓިފިކޭޝަން ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މީގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ތަކެތީގެ ލިސްޓުތައް ސޭވްކޮށް، ކޮންމެ ވަގުތަކުވެސް އެ ތަކެތީގެ އެންމެ ފަހުގެ އަގުތައް ބަލައިލުމުގެ ފުރުސަތު އޮންނާނެއެވެ.

މުޅި ލިސްޓަށް އެންމެ ކުޑަ ހޭދައެއް ކުރަންޖެހޭނެ ގޮތްތަކާއި، ވަކިވަކި ސާމާނު އެންމެ ހެޔޮ އަގުގައި ލިބޭނެ ފިހާރަތައް މި އެޕްލިކޭޝަންގެ އެހީގައި ވަރަށް ފަސޭހައިން ދެނެގަނެވޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk