logo

އެމްޑީޕީ އިން ވަޒީފާ ބުރާސްފަތި މުޒާހަރާ އަށް ތައްޔާރުވަނީ

profile

މުޙައްމަދު ފަޟްލޫން - 16 ޖޫން 2026 - 12:43

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޭއިންސާފުން ހިންގަމުންދާ އަމަލުތައް ހުއްޓާލަން ގޮވާލާ ވަޒީފާ ބުރާސްފަތީގެ ނަމުގައި އެމްޑީޕީ އިން މި ހަފްތާގެ ބުރާސްފަތި ދުވަހު މުޒާހަރާކުރަން ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

އެމްޑީޕީ އިން ބުނީ 18 ޖޫން ވާ ބުރާސްފަތި ދުވަހުގެރޭ 8 ޖަހާއިރު މާލޭ ރަސްފަންނު ސަރަހައްދުން މުޒާހަރާ ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

މި މުޒާހަރާގައި އެމްޑީޕީގެ އައު ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބު ކާމިޔާބު ކުރައްވައި ޕާޓީގެ މެމްބަރުންނާއި އެކު އާޓިފިޝަލް ބީޗްގައި ކުރިއަށްދިޔަ ހަފްލާގައި ރައީސް ނަޝީދު ވަނީ މިސަރުކާރުން ނުހައްގުން ވަޒީފާ ތަކުން ވަކިކުރާ ފަރާތްތަކަށް ވަޒީފާ އަލުން އަނބުރައި އިއާދަކޮށްދޭން ގޮވާލައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ މުވައްޒަފުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ސީދާ ހަރަކާތަށް އެމްޑީޕީ އިން ނިކުންނާނެ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރު ޖަވާބުދާރީ ކުރަން އަބަދުވެސް އެމްޑީޕީ ތައްޔާރަށް އޮންނާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޗެއަރޕާސަން އިންތިހާބުގެ ކެމްޕޭންގައި ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން ރަށްރަށުން ނިކުތް ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ބައެއް ފަރާތްތައް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މީގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް އަބްދުﷲ ސާދިގް ގެ ކެމްޕޭންގައި މަސައްކަތް ކުރި ސަރުކާރުގެ ވަޒީފާތަކުގައި ތިބި 10 މީހަކު ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk