logo

އައްޑޫ ހޮސްޕިޓަލުގައި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

profile

އާމިނަތު ޝަޒްލާ - 17 ޖުލައި 2026 - 12:38

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އެމްބިއުލާންސް އަދި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސެއް ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފައިނޭންސް އިން އިޢުލާނުކޮށްފިއެވެ.

https://wamco.com.mv/

މި މަޝްރޫޢަކީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އެދުމުގެ މަތިން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި ބީލަން ކުރިއަށް ގެންދިއުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އާއި، ފައިނޭންސް މިނިސްޓްރީގެ އުސޫލުތަކުގެ އިތުރުން އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އަށް ރިޢާޔަތްކުރެވޭނެއެވެ.

ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުން، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދާ މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތާއި، އިވެލުއޭޓް ކުރާނެ މިންގަނޑުތައް ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ.

މި މަޝްރޫޢަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ފައިނޭންސް މިނިސްޓްރީގެ ބީލަން ޕޯޓަލް މެދުވެރިކޮށް 30 ޖުލައި 2026 ގެ 10:00 ގެ ކުރިން ބިޑު ހުށަހަޅަންޖެހޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk