logo

"ސިއެރާ" 14 އަހަރަށްފަހު ޚިދުމަތް ހުއްޓާލައި، އުފެއްދި ކުންފުންޏާ ހަވާލުކޮށްފި

profile

އާމިނަތު ޝަޒްލާ - 17 ޖުލައި 2026 - 11:37

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ޒަމާނީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ އެއާލައިންގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކުރި ޑި ހެވެލަންޑް ޑޭޝް-8 މަރުކާގެ "ސިއެރާ" ފްލައިޓް ރަސްމީކޮށް ޚިދުމަތް ހުއްޓާލުމަށްފަހު އުފެއްދި ކުންފުންޏާ ހަވާލުކޮށްފިއެވެ.

https://wamco.com.mv/

ރޭޑިއޯ ކޯލް ސައިން "ސިއެރާ" ގެ ނަމުން މަޝްހޫރުވެފައިވާ މި ފްލައިޓް ރާއްޖޭގެ ޚިދުމަތް ނިންމާލުމަށްފަހު ކެނެޑާއަށް ފުރާފައިވަނީ އިއްޔެއެވެ.

މޯލްޑިވިއަން އިން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި މި ފްލައިޓް ވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، ޚިދުމަތުގައި ހޭދަކުރި މުއްދަތުގައި 29,000 އަށްވުރެ ގިނަ ފްލައިޓް ގަޑި ފުރިހަމަކޮށް، 37,000 އަށްވުރެ ގިނަ ފަހަރު ފުރައި އަދި ޖައްސާފައިވެއެވެ. މި ދަތުރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެތައް ހާސް ފަސިންޖަރުންނެއް އުފުލައިދީ، އިތުބާރު ހުރި ޚިދުމަތްތަކެއް ވަނީ ފޯރުކޮށްދީފައެވެ.

މި ފްލައިޓް ފްލީޓުން ވަކިކުރުމަކީ މޯލްޑިވިއަންގެ ފްލީޓް އައުކުރުމުގެ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ. ދުވަސްވީ ޑޭޝް-8 މަރުކާގެ ފްލައިޓްތަކުގެ ބަދަލުގައި، މޯލްޑިވިއަން އިން މިހާރު ދަނީ އައު ޖީލުގެ އޭޓީއާރު ފްލައިޓްތައް ފްލީޓަށް އިތުރުކުރަމުންނެވެ. މީގެ ސަބަބުން ފަސިންޖަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ތެލަށް ކުރާ ހޭދަ ކުޑަވެގެންދާނެއެވެ. އަދި މިއީ ތިމާވެއްޓާ ރައްޓެހި، އޮޕަރޭޝަނަލް ގޮތުން އިތުބާރު ބޮޑު ބަދަލެއް ކަމަށްވެސް އެ އެއާލައިނުން ފާހަގަކުރެއެވެ.

މީގެ 26 އަހަރު ކުރިން އުފެއްދި މި ފްލައިޓް ކެނެޑާއަށް ފޮނުވާލާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ރިކުއެސްޓް ފޯ ޕްރޮޕޯސަލް މަރުހަލާއަކަށް ފަހުގައެވެ. "ސިއެރާ" އަނބުރާ ގޮސްފައިވަނީ އެ ފްލައިޓް އުފެއްދި ކުންފުނި ކަމަށްވާ ކެނެޑާގެ ޑި ހެވެލަންޑް އަށެވެ.

މޯލްޑިވިއަންގެ ފްލީޓަށް ގެންނަ މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގައުމީ އެއާލައިން ކުރިއެރުވުމަށް ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. އައު ފްލައިޓްތަކާއެކު ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk