
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލް
އާއްމުން ހޭލުންތެރިކުރަން އީސީއަށް ލިބެނީ ކުޑަބަޖެޓެއް: ޝަކީލް

މުޙައްމަދު ފަޟްލޫން - 17 ޖުލައި 2026 - 11:37
އާންމުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅާ ބަޖެޓު ކުޑަކަމަށް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް ވިދާޅުވި ގޮތުގައި ރައްޔިތުން ހޭލުންތެރިކުރުވުމަކީ އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ދާއިރާއެވެ.
ދައުލަތުން މިކަމަށް ކަނޑައަޅާ ބަޖެޓުގެ އިތުރުން، ބޭރުގެ އެކި ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާއެކު މި މަސައްކަތްތައް ކުރިއަށްގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ތަނުގައިވެސް އިންތިޚާބުތަކާއި ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ޑިމޮކްރަސީއަށް ހޭލުންތެރިކުރުވުމަށް ބޭރުގެ އެހީތެރިކަން ލިބޭކަން ފާހަގަކުރައްވަމުން، އީސީގެ ފަރާތުން މި މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި ހިނގާ 2026 ވަނަ އަހަރު އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކަށް އެ ކޮމިޝަނަށް ލިބިފައިވަނީ 350,000 (ތިން ލައްކަ ފަންސާސް ހާސް) ރުފިޔާއެވެ.
ފާއިތުވި އަހަރުތަކުގައިވެސް މި ބަޖެޓު ހުރީ މި މިންވަރުގައި ހިފެހެއްޓިފައެވެ. މި އަހަރުގެ ބަޖެޓުގެ ތެރެއިން ހޭލުންތެރިކުރުވުމާ ގުޅޭ ކޮންސަލްޓެންސީގެ ބައެއް މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަން ކޮމިޝަނުން ހާމަކުރެއެވެ.
ބަޖެޓު ކަނޑައަޅާއިރު އިލެކްޝަންސް ކޮމިޝަނުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރާ އެއް ކަމަކީ، ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކަށް އެކަށީގެންވާ ބަޖެޓެއް ނުލިބޭ މައްސަލައެވެ.
ރަށްރަށަށް ޒިޔާރަތްކޮށްގެންނާއި، މީޑިއާގެ ވަސީލަތްތަކުގެ އިތުރުން މީސްމޑީިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އާއްމުން ހޭލުންތެރިކުރުމަށް އީސީން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ ހޮސްޕިޓަލުގައި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސެއް އަޅައިދޭނެ ފަރާތެއް ހޯދަނީ
ގަޑިއިރެއް ކުރިން

އުފާވެރި ސްކޫލު ބަންދަކަށް އެޗްޕީއޭގެ ފަސް އިލްތިމާސްއެއް!
ގަޑިއިރެއް ކުރިން

ދިވެހިން ކުރާ ހޭދައާއި ގުޅޭ ސާރވޭ އެއް އެމްއެމްއޭ އިން ކުރަނީ
2 ގަޑިއިރު ކުރިން

"ސިއެރާ" 14 އަހަރަށްފަހު ޚިދުމަތް ހުއްޓާލައި، އުފެއްދި ކުންފުންޏާ ހަވާލުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)