logo

އުފާވެރި ސްކޫލު ބަންދަކަށް އެޗްޕީއޭގެ ފަސް އިލްތިމާސްއެއް!

profile

އާމިނަތު ޝަޒްލާ - 17 ޖުލައި 2026 - 12:38

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފެށުމާ ގުޅިގެން، އާއިލާއާއެކު އުފާވެރި އަދި ދުޅަހެޔޮ ޗުއްޓީއެއް ހޭދަކުރުމަށް ބާރުއެޅުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޚާއްޞަ ފަސް އިލްތިމާސްއެއް ނެރެފިއެވެ.

https://wamco.com.mv/

މި ޗުއްޓީ ދުވަސްވަރު ސިއްހަތަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި އެޗްޕީއޭއިން ބުނެފައިވަނީ، އާއިލާއާއެކު ވަގުތު ހޭދަކުރާއިރު ދުޅަހެޔޮ އާދަތަކަށް އިސްކަންދިނުމަކީ މުސްތަޤުބަލަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ 5 އިލްތިމާސް އަކީ:

  • މިންހެޔޮ ކާނާ ކެއުން: ކޮންމެ ދުވަހެއްގެ ކެއުމުގައި ތަފާތު ބާވަތްތަކުގެ ތަރުކާރީއާއި މޭވާ ހިމެނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މިއީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިބިދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
  • ލޮނާއި، ހަކުރު އަދި ފެޓް މަދުކުރުން: ލޮނު، ހަކުރު އަދި ޓްރާންސް ފެޓް ގިނަ ކާނާއާއި ބުއިންތަކާ ދުރުހެލިވުމަށް އެޗްޕީއޭއިން ބާރުއަޅުއްވައެވެ. ޚާއްޞަކޮށް ފޮނި ބުއިންތަކާއި ތެޔޮ ގިނަ ކާނާ ބޭނުންކުރުން މަދުކުރުމަށް ވަނީ އެދިފައެވެ.
  • ދުންފަތުގެ ދުމުން ރައްކާތެރިވުން: ގެއާއި ގޯތިތެރެއަކީ ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ކުޑަކުދިން އުޅޭ މާހައުލުތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ވަނީ ހަނދާންކޮށްދީފައެވެ.
  • ހަރަކާތްތެރިވެ އުޅުން: ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ހިނގާލުމާއި، ހަށިގަނޑު ހަލިފެލިކޮށް ބެހެއްޓުމަށް ބާރުއަޅުއްވައެވެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެކެވެ

undefined

އެޗްޕީއޭގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށް، އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ. މި ޗުއްޓީ ބަންދަކީ ހަށިގަނޑަށް ފައިދާހުރި ރަނގަޅު އާދަތައް އަށަގަންނުވާ ދުވަސްވަރަކަށް ހެއްދެވުމަށް އެ އެޖެންސީން އެދިލައްވައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk