logo

ދިވެހިން ކުރާ ހޭދައާއި ގުޅޭ ސާރވޭ އެއް އެމްއެމްއޭ އިން ކުރަނީ

profile

މުޙައްމަދު ފަޟްލޫން - 17 ޖުލައި 2026 - 11:37

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންގެ ޚަރަދުތަކާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން ކުރިއަށްގެންދާ އަހަރީ ސާވޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ތަފާސްހިސާބުތައް އެކުލަވައިލުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ހޯދުމަށް ކުރިއަށްގެންދާ މި ސާވޭ އަމާޒުކޮށްފައިވަނީ ބޭރު ގައުމުތަކަށް ދަތުރުކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ދިވެހީންނަށެވެ.

މި މަހުގެ 25 އިން 31 ގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި ސާވޭ ކުރިއަށްދާނެއެވެ.

މި ސާވޭގައި މައިގަނޑު ގޮތެއްގައި އޮޅުންފިލުވާނީ ދަތުރުގެ މަގުސަދާއި، ދަތުރުކުރި ގައުމާއި، ޓިކެޓާއި ހުރުމުގެ ޚަރަދުގެ އިތުރުން، ބޭސްފަރުވާއަށާއި މުޅި ދަތުރަށް ޖުމްލަކޮށް ހިނގި ހަރަދުތަކުގެ ތަފުސީލެވެ.

އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި ސާވޭގައި ވަކިވަކި ފަރުދުންގެ އަމިއްލަ މައުލޫމާތު (ނަމާއި އެޑްރެސް ފަދަ) އެއްވެސް ވަރަކަށް ނުނަގާނެއެވެ. އަދި ސާވޭގެ ތެރެއިން އެއްކުރެވޭ ހުރިހާ މަޢުލޫމާތެއްގެ ސިއްރުވެރިކަން ފުރިހަމައަށް ހިފަހައްޓާނެކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk