logo
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެލެވެންސް ގަވައިދުން ޖަމާނުވާ މައްސަލަ މަޖިލީހަށް!

profile

ރިޟްވާން މޫސާ - 18 ޖޫން 2026 - 18:24

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދޫކުރާ މާލީ އިނާޔަތް ބަރާބަރަށް ޖަމާވަމުން ނުދާތީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ސަރުކާރުުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

https://wamco.com.mv/

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ބުދަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 45 ވަނަ މާއްދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެއްކަން ފާހަގަކޮށްފަ އެވެ.

undefined

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮންމެ ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށްމެ ދައުލަތުން ދޭ މާލީ އެހީއެއް ނުވަތަ އިނާއަތެއް ލިބުމުގެ ހައްގު ގާނުނުން ކަށަވަރުކޮށްދޭ ކަމަށެވެ.

މީގެ އިތުރުން ސިޓީގައި ވަނީ، މި އިނާޔަތަކީ ޚާއްސަ އެހީއަށް ބޭނުންވާ ގިނަ ފަރާތްތަކެއް ބޭސްފަރުވާ އަށާއި، ފަރުދީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާވާ ހަމައެކަނި މާލީ ވަސީލަތް ކަމަށްވުމުން ފައިސާ ޖަމާވުން ލަސްވުމުގެ ސަބަބުން އެފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތައް ދަނީ ނުހަނު ބޮޑެތި މާލީ އަދި ނަފްސާނީ ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީއެއް މެދުވެރިކޮށް އެންސްޕާ އާއި ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވުމަށާއި، ކޮންމެ މަހެއްގައި ވެސް ކަނޑައެޅޭ ވަކި ސުންގަޑިއަކަށް އެ ފައިސާ ބަރާބަރަށް ޖަމާކޮށްދޭނެ ދާއިމީ ނިޒާމެއް ސަރުކާރުން ކަށަވަރުކޮށްދިނުމަށް ބާރުއެޅުމަށް ސިޓީގައި ގޮވާލައްވާފައިވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk