ވޭތުވެދިޔަ 15 އަހަރުވެސް ވިލިމާލެއަށް އޮތީ އިހުމާލުވެފަ: މުޙައްމަދު އިސްމާއީލް

ރިޟްވާން މޫސާ - 18 ޖޫން 2026 - 15:39
ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ވިލިމާލޭގެ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ކަންކަމަށް އިހުމާލުވެފައިވާ ކަމަށް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މާލެ ޓެކްސީގެ ނަމުގައި މާލެ ގެނެސްފައިވާ ޓެކްސީތައް ވިލިމާލޭގައި ވެސް ތައާރަފް ކުރުމަށް މިއަދު ވިލިމާލޭ ފެރީ ޓާރމިނަލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މިފަދަ އަސާސީ އެތަކެއް ޙިދުމަތްތަކެއް ދިނުމުގައި ކުރިން ވެރިކަން ކުރެއްވެވި ރައީސުންވެސް އިހުމާލު ވެފައިވާ ކަމަށެވެ.
މުހައްމަދު އިސްމާއީލް ވިދާޅުވީ އެހެންނަމަވެސް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވިލިމާލޭގެ އަސާސީ ޚިދުމަތްތައް ފުރިހަމަ ކޮށްދެއްވުމަށް ރައީސް ޑރ.މުޢިއްޒު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން މާޒީގެ ފަތްފުތްތައް ބަލާލުމުން ފެންނަނީ، މިދިޔަ 15 އަހަރު ތެރޭގައި ވެރިކަން ކުރެއްވި ރައީސުންނަށް ވިލިމާލޭގެ ކަންކަމަށް އެއްވެސް ވަރަކަށް ބެލިފައި ނެތް މިންވަރު ކަމަށް މުހައްމަދު އިސްމާއިލް ފާހަގަ ކުރެއްވެވި އެވެ.
ވިލިމާލޭގައި މިއަދު ބޭއްވި ޓެކްސީ ލައިން ރަސްމީކޮށް ފަށްޓަވައިދެއްވީ އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއެކު ދައުލަތުގެ ބައެއް ވަޒީރުންނާއި، ވިލިމާލޭގެ ބައެއް ރައްޔިތުންވެސް ބައިވެރިވެލެއްވި އެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ކައުންސިލްތަކުގެ ބާރުވެރިކަމަށް ބޮޑު ހޭދައެއް: 9 މަސް ދުވަހުގެ ތެރޭގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފި
11 ގަޑިއިރު ކުރިން

ސައުދީ އަރަބިއްޔާގެ އެއަރޕޯޓްތަކަށް ހޫތީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
11 ގަޑިއިރު ކުރިން

މަސްތުވާތަކެއްޗާއެކު މަޝްހޫރު 3 ފިލްމު ސްޓާރުން ވިލިމާލެއިން ހައްޔަރުކޮށްފި
11 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއުގައި ސޮއިކުރީ ގަވައިދާ ޙިލާފަށް، އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ކުރި ކަމެއް: ޑރ ޝަމްހީދު
16 ގަޑިއިރު ކުރިން


