logo

އެމްޑީޕީގެ ވަޒީފާ ބުރާސަފަތި މިރޭ ރަސްފަންނުގައި

profile

ރިޟްވާން މޫސާ - 18 ޖޫން 2026 - 10:37

އިދކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީގެ ބޮޑު ބައްދަލުވުމެއް މިރޭ ރަސްފަންނުގައި ބޭއްވުމަށް ނިންމައިފި އެވެ.

https://wamco.com.mv/

ސަރުކާރާއި ދެކޮޅަށް އަޑުފުލުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އެކުވެގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އެމްޑީޕީން ދަނީ މާލޭގައި ދޭތެރެ ދޭތެރެއިން ސިލްސިލާ މުޒާހަރާ ތަކެއްވެސް ބާއްވަމުންނެވެ.

މިރޭ ރަސްފަންނުގައި ބާޢްވާ "ވަޒީފާ ބުރާސްފަތި" ނަމުގައި ބާއްވަން ހަމަޖައްސާފައިވާ މި ބޮޑު ހަރަކާތުގައި އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާޢޮ އެޕާޓީގެ އިސް ފަރާތްތަކުިން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ވަޒީފާ ބުރާސަފަތި ހަރަކާތުގައި ވަނީ މި ސަރުކށާރުން ވަޒީފާ ތަކަށް ބިރު ދެއްކުމާއި، ވަޒީފާ އިން ވަކިކުރުން އަދި ސަރުކާރުގެ ކުންފުނި ތަކުގެ މެނޭޖިންގ ޑިރެކްޓަރުންގެ ޒިންމާ ތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރުމުގެ މައްސަލަތަކަށް އަލި އަޅުވާ ލައްވައި އަޑު އުފުލުމަށް ނިންމާފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައިވެސް މި އިވެންޓު އެއްގަޑިއެއްގައި ބާއްވަން އެމްޑީޕީން ވަނީ ތައްޔާރުވެފަ އެވެ. އިވެންޓް ކުރިއަށްދާނީ މިރޭ 20:30 ގަ އެވެ. އައްޑޫ ސިޓީގައި މި ހަރަކާތް ބާއްވަނީ އައްޑޫ ސިޓީ ފޭދޫ އެމްޑީޕީގެ ޖަގަހަ ކުރިމަތީގަ އެވެ.

undefined

އެމްޑީޕީން މި ފަހަކުިން މާލޭގައި ސަރުކާރާއި ދެކޮޅަށް ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން 8 މީހެއްގެ މ،ައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ހުށައެޅުމުން މިހާރު ވަނީ އެ މީހުންގެ ޝަރީއަތްތައް ވެސް ފަށާފަ އެވެ.

ނަމަވެސް އެމްޑީޕީން ތަކުރާރުކޮށް ބުނަމުން ދަނީ ސަރުކާރު ޖަވާބުދާރީ ކުރުމުގައި އަޑު އުފުލުން ހުއްޓައި ނުލައްވާނެ ކަމަށެވެ.

މި ސަރުކާރު ޖަވާބުދާރީ ކުރުމުމަށް ވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ ކުރީގހެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ އިތުރުން ކުރީގެ ރައީސް އަބުދުﷲ ޔާމީން ވެސް އެކުވެގެން މަސައްކަތްތަކެއް ފަށާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk