
މެޑަމް ސާޖިދާ، ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

އާމިނަތު ޝަޒްލާ - 18 ޖޫން 2026 - 04:50
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯހޯލުގައި އިއްޔެ ހަވީރު އޮތް މި ރަސްމިއްޔާތުގައި "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މުބާރާތުގެ އޮފިޝަލް ޗެމްޕިއަންޝިޕް ބޯޅައިގައި ސޮއިކުރައްވާފައެވެ. އެއަށްފަހު އެކަމަނާ ވަނީ، މުބާރާތް ހުޅުވުމުގެ މެޗުގައި ވާދަކުރި 2 ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަލާމްކުރައްވާފައެވެ.
މުބާރާތް ހުޅުވުމުގެ މެޗުގައި ވާދަކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. 7 މިނެޓުގެ 4 ކުއާޓަރުގެ ކުޅުން ފެނިގެން ދިޔަ މި މެޗު، 23 ޕޮއިންޓް 3 ޕޮއިންޓުން ކާމިޔާބު ކުރީ ހުރަވީ ސްކޫލެވެ. މެޗުގެ ކުޅުން ނިމުމުން، "ކުއީން އޮފް ދަ މެޗް" ގެ މަގާމަށް ހޮވުނު، ހުރަވީ ސްކޫލުގެ އާމިނަތު ތުގާއަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކޮށް، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސިލްސިލާ މުބާރާތެކެވެ. މީގެ ކުރިން މި މުބާރާތް ބާއްވަމުން އައިސްފައިވަނީ އިންޓަރ ސްކޫލް ނެޓްބޯލް ޓޯނަމަންޓްގެ ނަމުގައެވެ. "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026"ގެ ނަމުގައި މިއަދު ފެށި މި މުބާރާތުގައި 2 އުމުރުފުރާއަކުން ޓީމުތައް ވާދަކުރެއެވެ. އެގޮތުން، 15 އަހަރުން ދަށުގެ އުމުރުފުރާގައި 14 ޓީމު، އަދި 17 އަހަރުން ދަށުގެ އުމުރުފުރާގައި 11 ޓީމު ވާދަކުރެއެވެ.
"ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ހުޅުވުމުގެ ރަސްމިއްޔާތުގައި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފިޝަލުންނާއި، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު، އަދި ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގަތެވެ.
ގުޅުން ހުރި ޙަބަރުތައް

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެލެވެންސް ގަވައިދުން ޖަމާނުވާ މައްސަލަ މަޖިލީހަށް!
ގަޑިއިރެއް ކުރިން
ވޭތުވެދިޔަ 15 އަހަރުވެސް ވިލިމާލެއަށް އޮތީ އިހުމާލުވެފަ: މުޙައްމަދު އިސްމާއީލް
4 ގަޑިއިރު ކުރިން
"ޓެކްސީ ލައިންގެ ޙިދުމަތް" ވިލިމާލޭގައި ވެސް ފަށައިފި
4 ގަޑިއިރު ކުރިން

އެމްޑީޕީގެ ވަޒީފާ ބުރާސަފަތި މިރޭ ރަސްފަންނުގައި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)