"ޓެކްސީ ލައިންގެ ޙިދުމަތް" ވިލިމާލޭގައި ވެސް ފަށައިފި

ރިޟްވާން މޫސާ - 18 ޖޫން 2026 - 15:38
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް އެމްޓީސީސީން ވިލިމާލޭގައި ޓެކްސީ ލައިންގެ ޙިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
ވިލިމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހީދުމަތް ރަސްމޮށް ފަށްޓަވައިދެއްވީ އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއިއެކު، މާލެ ސަރަހައްދުގެ ދަތުރުފަތުރަށް މީގެ ކުރިން ޙައްލެއް ލިބިފައި ނެތް މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ވުޒާރާތަކުން ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަންކަމުގެ ތެރޭގައި، ޕާކިންއާއި ވެހިކަލް ރަޖިސްޓްރީއާއި، ތޮއްޖެހުމުގެ މައްސަލަ ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި، އެކަމާއި ގުޅުން ހުރި ތަފްސީލީ ޕްލޭނެއް އާއްމުންނާއި ޙިއްސާކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން މާލެ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލޭގައި ފެށުމަކީ، ރައީސް ޑރ.މުހައްމަދު މުޢިއްޒު ވިލިމާލެއަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ފުރިހަމަ ހެއްކެއް ކަމަށާއި، ގްރޭޓަރ މާލޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމް ވަށާޖެހޭ ނިޒާމަކަށް ހެދުމަކީ ރައީސްގެ އެންމެ މުހިންމު އެއް ތަސައްވުރު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
ވޭތުވެދިޔަ 15 އަހަރުވެސް ވިލިމާލެއަށް އޮތީ އިހުމާލުވެފަ: މުޙައްމަދު އިސްމާއީލް
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ވަޒީފާ ބުރާސަފަތި މިރޭ ރަސްފަންނުގައި
8 ގަޑިއިރު ކުރިން

މެޑަމް ސާޖިދާ، ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
13 ގަޑިއިރު ކުރިން
މުޒާހަރާއާ ގުޅިގެން ދައުވާ ކުރި މީހުންގެ ޝަރީއަތްތައް ފަށައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)