logo
އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

މުޒާހަރާއާ ގުޅިގެން ދައުވާ ކުރި މީހުންގެ ޝަރީއަތްތައް ފަށައިފި

profile

ރިޟްވާން މޫސާ - 17 ޖޫން 2026 - 10:34

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން އިސްވެ ހުރެ އިތުރު ސިޔާސީ ޕާޓީތަކާއިވެސް ގުޅިގެން މާލޭގައި މިފަހުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ދައުލަތުން ދައުވާ ކުރުމަށް ފޮނުވި މީހުންގެ ޝަރީއަތްތައް ފަށައިފި އެވެ.

https://wamco.com.mv/

މި މައްސަލައިގައި ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު ދައުލަތުން ދައުވާ ކުރުމަށް ފަނީ 8 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށައަޅާފަ އެވެ.

undefinedއެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

މި މުޒާހަރާ ތަކަކީ މިދިޔަ އަހަރުގެ 3 އޮކްޓޯބަރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން ފުލުހުންގެ އަމުރައް ނުކިޔަމަންތެރިކަން ދެއްކި ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވާ ފަރާތްތަކާއި ފުލުހުންގެ ތަހުގީގަށް ދައުވާ އުފުލޭ މިންވަރަށް ހެކި ހުރިކަމަށް ބަލައި ފުލުހުންގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ހުށައެޅި 8 މީހުންގެ މައްސަލަ އެވެ.

މާލޭގައި ކުރިއަށް ގެންދިޔަ މި މުޒާހަރާގެ ތެރޭގައި އެހެން ސިޔާސީ ޕާޓީތައް ވެސް ހިމެނޭއިރު ދައުލަތުން ދައުވާ ކޮށް ދިނުމަށް ހުށައަޅާފައި ވަނީ އެމްޑީޕީ އަށް ނިސްބަތްވާ 8 މީހުންގެ މައްޗަށްކަން ފާހަގަކޮށްލެވެ އެވެ.

undefined

މި އެންމެންގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ފަށާފައިވާއިރު އެންމެ ފަރާތެއް ފިޔަވައި ދެން ތިއްބި އެންމެން ވަނީ މިއަދު ކޯޓަށް ހާޒިރުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk