logo
 ޔަހޫދީންގެ ހަރުކަށި ވެރިޔާ ބެންޖަމިން ނަތަންޔާހޫ

ޔަހޫދީންގެ ހަރުކަށި ވެރިޔާ ބެންޖަމިން ނަތަންޔާހޫ

ކުރިއަށް އޮތް ތަނުގައި އެމެރިކާ އަށް ބަރޯސާއެއް ނުވާނަން: ނަތަންޔާހޫ

profile

ރިޟްވާން މޫސާ - 12 މޭ 2026 - 07:05

ކުރިއަށް އޮތް ދަހަރެއްގެ ތެރޭގައި، ޔަހޫދީންގެ އަސްކަރިއްޔާއަށް އެމެރިކާއިން ދެމުންދާ މާލީ އެހީތެރިކަމަށް ބަރޯސާވުން އެކީގައި ހުއްޓައިލަން އަމާޒު ހިފާފައިވާކަމަށް، ޔަހޫދީންގެ ހަރުކަށި ވެރިޔާ ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

https://wamco.com.mv/

ނަތަންޔާހޫ މިގޮތައް ނިންމި ކަން ބައިނަލް އަގުވާމީ އެކިއެކި މީޑިޔާ ތަކުންރިޕޯޓްކޮށްފައިވާއިރު އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުން ވަނީ އިސްރާއީލުން އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނާއިމެދު ހިންގާ ލާއިންސާނީ އަމަލުތައް ކުއްވެރިކޮށް އެކަމާއި ނުރުހުން ފާޅުވެސް ކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ވެސް އިސްރާއީލާއި ގާތް ގުޅުމެއް ބާއްވައި އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރާއި އިގުްތިސާދަށް ގެއްލުން ވަމުން އަންނާތީ އެމެރިކާގެ ރައްޔިތުންގެ ނުރުހުން ޓްރަމްޕް އަށް ވެސް އަމާޒުކޮށްފައިވެ އެވެ.

ސީބީއެސް ނޫހަށް ދިން ބަސްދީގަތުމެއްގައި ނަތަންޔާހޫ ބުނީ، އަސްކަރީ އެހީގެ ގޮތުގައި އެމެރިކާއިން ޔަހޫދީންނަށް އަހަރަކު ގާތްގަނޑަކަށް 3.8 ބިލިއަން އެމެރިކާ ޑޮލަރު ދޭ ކަމަށެވެ.

އެމެރިކާއިން ދަނީ 2018 އިން ފެށިގެން އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށްޓަކައި ކޮންމެ އަހަރަކުވެސް ބޮޑު ހޭދައެއް އިސްރާޢީލުގެ އަސްކަރިއްޔާ އަށް ކުރަމުންނެވެ.

އެގޮތުން 2018 އިން ފެށިގެން 2028 ވަނަ އަހަރާއި ހަމައަށް 38 ބިލިއަން އެމެރިކާގެ ޑޮލަރުގެ އަސްކަރީ އެހީ އެމެރިކާއިން ޔަހޫދީ އިސްރާޢީލަށް ދޭން ނިންމައިފައި ވެ އެވެ.

އެމެރިކާގެ އަސްކަރީ އެހީތެރިކަން ބޭނުން ނުވެ ނުވަތަ އަސްކަރީ ގޮތުން އެމެރިކާ އަށް ބަރޯސާ ނުވާން ނަތަންޔާހޫ މި ނިންމި ސަބަބެއް އެއްވެސް ވަރަކަށް ހާމަކޮށްފައެއް ނުވެ އެވެ.

ޔަހޫދީން ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތުލް އާންމު ތަކާއި، ލުބުނާނާއި، އީރާނަށް ވެސް ހަމަލާ ދިނުމުގައި މި ފަހަކުން އެމެރިކާއިން ވަނީ ވަރަށް ބޮޑެތި ފަންޑުތައް ކޮށްފަ އެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަޞްލު ހޭދަކުރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން، ޔަހޫދީންނަށް އަސްކަރީ އެހީ ދިނުމާމެދު އެމެރިކާގެ ކޮންގްރެސްގެ ތެރޭގައި ބައިބައިވުންތައް ވަނީ އިތުރުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk