
ރައީސް އެންމެ އިސްކަމެއް ދެނީ ދިވެހިންނަށް ވަޒީފާ ދިނުމަށް: ސައީދު

ރިޟްވާން މޫސާ - 12 މޭ 2026 - 07:04
މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ކަމަށާއި، އެއީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެސް އެންމެ ބޮޑަށް އިސްކަން ދެއްވަމުން އަންނަ ކަމެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭގޮތުން ވާހަކަފުޅިު ދައްކަވަމުން ސައީދު ވިދާޅުވީ ސަރުކާރުގެ މަސައްކަތައް އަދި ސަރުކާރުގެ ކުންފުނިތަކުގައި ވެސް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހި ކޮށްދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމެއް ކަމަށެވެ.
ދިވެހިން ވަޒީފާ ތަކަށް އަހުލުވެރި ކުރުމަށް ވެސް ސަރުކާރުން ބައެއް މަސައްކަތްތައް ކުރައްވަމުން އަންނަ ކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ ހަޔާ އެޑިއުޚޭޝަން އާއި ސްކިލް އެއްލައިގެން ކޮންސެޕްޓެއް ކުރިއަށް ގެންދާ ކަމަށާއި، އެއީ ވަޒީފާގެ ބާޒާރަށް މީހުން ބިނާ ކުރުމަށް މުހިންމު މަސައްކަތެއް ކަމަށެވެ.
ވަޒީފާގެ ބާޒާރަށް މީހުން ބިނާ ކުރުމާއި ވަޒީފާ ތަކަށް ޖާގަ އިތުރު ކުރުމަށް އަލަށް ހުޅުވާ ކުދި ވިޔަފާރިތަށް އިތުރު ކުރުމާއި އިންވެސްޓްމެންޓް ތައް އިތުރު ކުރުމުގެ އިތުރުން އެހެނިހެން ސްކިލްސް ޑިވަލޮޕްމަންޓް އަދި ޓްރެއިނިންގ ފަދަ ކަންތައްތައް އިތުރުކުރުން މުހިންމު ކަމަށް ސައީދުގެ ވާހަކަ ފުޅުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރިއަށް އޮތް ތަނުގައި އެމެރިކާ އަށް ބަރޯސާއެއް ނުވާނަން: ނަތަންޔާހޫ
ގަޑިއިރެއް ކުރިން

ތެހެރާނަށް ޓްރަމްޕް ރައްދު ދިނުމާއެކު ތެލުގެ އަގު އުފުލިއްޖެ!
18 ގަޑިއިރު ކުރިން
ޑީޕީއާރުއެސް މުއައްޒަފުންނަށްވެސް ފްލެޓް ދޭނަން: ރައީސް
ދުވަހެއް ކުރިން

ރައްޔިތުންނާއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުންތައް އަލުން ފެށުމަށް ތައްޔާރުވަމުންދަނީ: ރައީސް
ދުވަހެއް ކުރިން


.gif&w=3840&q=75)