logo

ރައްޔިތުންނާއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުންތައް އަލުން ފެށުމަށް ތައްޔާރުވަމުންދަނީ: ރައީސް

profile

އާމިނަތު ޝަޒްލާ - 11 މޭ 2026 - 07:07

ރައްޔިތުންނާއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުންތައް އަލުން ފެށުމަށް އަންނަ ޖޫންމަހު އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިހާރު ކުރިޔަށް ދަމުންއަންނަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

https://wamco.com.mv/

ރައީސް ވިދާޅުވީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އެމަނިކުފާނު ސިލްސިލާގޮތެއްގައި ބާއްވަވާ ބައްދަލުކުރެއްވުންތައް އަންނަ ޖޫންމަހު އަލުން ފެށުމަށް ނިންމަވާފައިވާކަމަށާއި ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އެއްސެވުމަކީ އެމަނިކުފާނު އިސްކަންދެއްވާ ސިޔާސަތެއްކަމަށެވެ. އަދި މިގޮތަށް ރައްޔިތުންނާއެކު ބޭއްވޭ ބައްދަލުވުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ބޮޑު ބާރަކަށް ވެގެންދާކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަމާޒަކީ ސަރުކާރުގެ މަސައްކަތްތަކުގެ މަޢުލޫމާތު ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk