
ކުޑަކުދިންނަށް ޙިމާޔަތް ދޭނަމަ ކުރިމަގަށް ކުރާ އުއްމީދު ޙަޤީޤަތަކަށްވާނެ: ސާޖިދާ

ރިޟްވާން މޫސާ - 10 މޭ 2026 - 06:03
ކުޑަކުދިންނަށް ޙިމާޔަތް ދެމުންދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ދާނީ ހަގީގަތަކަށް ވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ ޤައުމީ ކުޑަކުދިންގެ ދުވަހެވެ. މިއަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "އާއިލީ ހަމަޖެހުން، ކުދިންގެ ދުޅަހެޔޮކަން" މި ޝިއާރެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ހެޔޮލަފާ ދަރިންތަކެއް ހެދި ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްކަމެއް ނެތްކަމަށެވެ. ކުޑަކުދިންނަށް އަޅަައިލާ، އޯގާތެރިކަމާއެކު ޙިމާޔަތް ދެމުންދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ދާނީ ހަގީގަތަކަށް ވަމުންކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި ޢާއިލާތަކަށް މި އުފާވެރި ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ފޮނުއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

"އައްޑޫ ބިޒްނަސް ޑައިލޮގް" މިމަހުގެ 13 އިން 14 އަށް
5 ގަޑިއިރު ކުރިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް އެޕްލައިކުރުން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް!
5 ގަޑިއިރު ކުރިން

އެއްވެސް ކުއްޖެއްގެ މުސްތަގުބަލަށް ބުރޫއަރާ ފަދަ ކަމަކަށް ޖާގައެއް ނުދޭނަން: ރައީސް
6 ގަޑިއިރު ކުރިން
ލީބިޔާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި!
21 ގަޑިއިރު ކުރިން


.gif&w=3840&q=75)