
ގޯތި ލިބޭ މީހުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދަނީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް އެޕްލައިކުރުން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް!

ރިޟްވާން މޫސާ - 10 މޭ 2026 - 06:04
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ކެޓަގަރީން ފްލެޓަށް ކުރިމަތިލާއިރު، އެ މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ކަށަވަރުކުރުމަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ހުށަހެޅޭނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެންސްޕާގައި ރަޖިސްޓްރީވެފައިވާކަން އަންގައިދޭ ކާޑު ފޯމާއެކު ހުށަހެޅޭނެ ކަމަށާއި، އެކަމަށްޓަކައި އެންސްޕާގެ ވަކި ހާއްސަ ލިޔުމެއް ހޯދަން ނުޖެހޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަސޭހަކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މި ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޯހިޔާވަހިކަން ހޯދުމުގައި ލުއިތަކެއް ދީފައެވެ.
އާންމު އުސޫލުން މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ މީހުންނަށް ޝަރުތު ހަމަވާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި މުއްދަތު ވަނީ ފަސް އަހަރަށް ކުޑަކޮށްފައެވެ. މީގެ އިތުރުން، ފަރުވާ ހޯދުމަށް މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކަށް ވެސް މި ކެޓަގަރީން ފޯމު ހުށަހެޅޭނެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފޯމް ހުށަހެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމުގޮތެއްގައި ގްރޭޓަރ މާލެ ސަރަހައްދަށް އަންނަން ޖެހިފައިވާތީ، ގްރޭޓަރ މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

"އައްޑޫ ބިޒްނަސް ޑައިލޮގް" މިމަހުގެ 13 އިން 14 އަށް
5 ގަޑިއިރު ކުރިން

ކުޑަކުދިންނަށް ޙިމާޔަތް ދޭނަމަ ކުރިމަގަށް ކުރާ އުއްމީދު ޙަޤީޤަތަކަށްވާނެ: ސާޖިދާ
5 ގަޑިއިރު ކުރިން

އެއްވެސް ކުއްޖެއްގެ މުސްތަގުބަލަށް ބުރޫއަރާ ފަދަ ކަމަކަށް ޖާގައެއް ނުދޭނަން: ރައީސް
6 ގަޑިއިރު ކުރިން
ލީބިޔާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި!
21 ގަޑިއިރު ކުރިން


.gif&w=3840&q=75)