logo

އެއްވެސް ކުއްޖެއްގެ މުސްތަގުބަލަށް ބުރޫއަރާ ފަދަ ކަމަކަށް ޖާގައެއް ނުދޭނަން: ރައީސް

profile

ރިޟްވާން މޫސާ - 10 މޭ 2026 - 06:01

އެއްވެސް ކުޑަކުއްޖެއްގެ މުސްތަގުބަލަށް ބުރޫއަރާ ފަދަ އެއްވެސް ކަމަކަށް ނުވަތަ އަމަލަކަށް ޖާގަ ނުދެއްވާނެ ކަމަށާއި، ކުދިންގެ މުސްތަގުބަލާއި ކުރިމަގަށް ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެއްވަމުން އަންނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްްޖެ އެވެ.

https://wamco.com.mv/

ރާއްޖޭގައި ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހުގަ އެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ރައީސުލް ޖުމްހޫރިއްޔާ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ވިދާޅުވެފައި ވަނީ ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށެވެ.

ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް ކަމަށެވެ. އެގޮތުން، ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޒިންމާދާރު ބަޔެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލުކަން ކުޑަކުދިންނަށް ހޯދައިދިނުމާއި އެއްވެސް ކުޑަކުއްޖެއްގެ މައުސޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި ޢަމަލަކަށްވެސް ޖާގަ ނުދިނުމަކީ އެކުދިންނަށް ޙަޤީޤީ ލޯބިދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk