logo

"އައްޑޫ ބިޒްނަސް ޑައިލޮގް" މިމަހުގެ 13 އިން 14 އަށް

profile

ރިޟްވާން މޫސާ - 10 މޭ 2026 - 06:05

ރާއްޖޭގެ ވިޔަފާރިއާއި އިންވެސްޓްތައް ތަރައްގީކުރުމުގެ ގޮތުން ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ އައްޑޫ ބިޒްނަސް ޑައިލޮގް ގައި އައްޑޫގެ ވިޔަފާރިވެރިން ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

https://wamco.com.mv/

ސަރުކާރުން މަސައްކަތް ކުރަމުންދަނީ އައްޑޫ ސިޓީ އަކީ ވިޔަފާރި އާއި އިންވެސްޓްތަކަށް ހާޢްސަ ރާއްޖޭގެ މައި ތަނބަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން" މި ޝިޔާރުގެ ދަށުން، އައްޑޫ ސިޓީގައި ބާއްވާ ބިޒްނަސް ފޯރަމަކީ، އައްޑޫ ސިޓީގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ލިބޭނެ އިނާޔަތްތަކުގެ އިތުރުން ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ.

އައްޑޫގައި ބާއްވާ ބިޒްނަސް ފޯރަމަކީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި އިޢުލާނުކުރެއްވި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ އިންވެސްޓްމަންޓް ޒޯންތައް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ސަބަބުން އައްޑު އަތޮޅަކީ ރާއްޖޭގެ އައިޓީ ހަބަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގައި ބާއްވާ މި ފޯރަމްގައި ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި، މަސްވެރިކަމާއި އަދި އެހެނިހެން ސިނާޢަތްތަކުގެ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ. އަދި ހޯމްލޭންޑް ސެކިއުރިޓީ، މަސްވެރިކަމާއި ދަނޑުވެރިކަން، ފަތުރުވެރިކަން އަދި މާލީ ވުޒާރާ ހިމެނޭހެން ސަރުކާރުގެ ގިނަ އިދާރާތަކަކުން މި މަޝްވަރާތަކުގައި ބައިވެރިވާނެއެވެ.

މި ފޯރަމްގެ ތެރެއިން އެކި ސިނާޢަތުގެ ހިއްސާދާރުންނާ ބައްދަލުކޮށް، ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކާއި ލިބޭނެ ލުއިތަކާ ބެހޭ މައުލޫމާތުދީ ވިޔަފާރިތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާނެކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk