logo
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / މިއަދު އަސްލު ޓީވީން ކުރެއްވި ސުވާލަށް ޖަވާބުދެއްވަނީ: ފޮޓޯ ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / މިއަދު އަސްލު ޓީވީން ކުރެއްވި ސުވާލަށް ޖަވާބުދެއްވަނީ: ފޮޓޯ ރައީސް އޮފީސް

ޑީޕީއާރުއެސް މުއައްޒަފުންނަށްވެސް ފްލެޓް ދޭނަން: ރައީސް

profile

ރިޟްވާން މޫސާ - 11 މޭ 2026 - 08:38

މި ސަރުކާރުން ރައްޔިތުންނަށާއި، ސަރުކާރުގެ ކުންފުނި ތަކަށް ފެލެޓް ދޫކުރާ އުސޫލުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ވެސް ފްލެޓް ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރެއްވި އިރު "އަސްލު ޓީވީ" ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ވެސް ފުލެޓް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސަވައި ދީފައި ވާކަމަށާއި، އެ ކަމުގެ މަސައްކަތް ވެސް މިވަގުތު ކުރިއަށްދާ ކަމަށެވެ.

ކުރީގެ ސަރުކާރުން ރައްޔިތުންނާއި، ކުންފުނިތަކަށް ފުލެޓާއި، ގޯތި ދީފައި ވަނީ ކަނޑުންނާއި، ފަޅުންނާއި، ޖައްވުންނާއި، ފަޒާއިން ކަން ފާހަގަ ކުރައްވައި ވަރަށް ބޮޑަށް ކުރީގެ ސަރުކާރުގެ ބޯހިޔާ ވަހިކަމުގެ މަޝްރޫއުއަށް ފާޑުވިދާޅުވެލައްވަމުން ރައީސް ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ މުއައްޒަފުންނަށް ދޫކުރުމަށް ނިންމާފައިވާ 100 ފުލެޓްގެ އިތުރުންވެސް އިތުރަށް ވެސް ފުލެޓް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ފުލެޓް ދޫކުރުމުގެ މި އުސޫލުގެ މާބޮޑު ތަފްސީލެއް ރައީސް މިއަދު ހާމަކުރައްވާފައެއް ނުވެ އެވެ. ހަމަ އެކަނި ވިދާޅުވެލެއްވީ އެ ފަރާތްތަކަށް ލިބެންޖެހޭ ފުލެޓްތައް ދެއްވާނެ ކަމަށާއި، އެ އަދަދު އިތުރުވެސް ވެދާނެ ކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަިއ ރައީސް ވިދާޅުވީ ހައުސިން ސްކީމްތަކުން ފުލެޓް އަދި ގޯތި ލިބިފައިވާ ފަރާތްތަކަށް، އެ ލިބުނު ތަނަކުން އެ ފަރާތްތަކަށް ދިނުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމަށެވެ.

އެދުވަހުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 4000 ފްލެޓްގެ ލިސްޓާ ގުޅޭ ޝަކުވާތައް ބަލާ އެ މަސައްކަތް ނިންމަމުންދާކަމަށެވެ.

އަދި ވިދާޅުވީ އުސޫލުތަކާއި އެއްގޮތަށް ހޯދާފައިވާ ކޮންމެ ބޯހިޔާވަހިކަމެއް، އޭގެ ހައްގުވެރިންނަށް ލިބޭނެކަން ކަށަވަރުކުރައްވާނެކަމަށެވެ. ނަމަވެސް އުސޫލުން ބޭރުން އޮޅުވާލައިގެން ހޯދާފައިވާ ގޯއްޗާ ފްލެޓް ނުދެވޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 4000 ފެލެޓްގެ މައްސަލައިގައިވެސް ޝަކުވާތަކަށް ރިއާޔަތްކޮށް ފްލެޓް ލިބޭ މީހުން ވީހާވެސް އަވަހަށް ކަނޑައަޅާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ފްލެޓްތައް ލިބޭ މީހުން ކަށަވަރުވާނީ ޝަކުވާތައް ރިވިއުކުރުމަށް ފަހުގައިކަމަށް ރައީސް ވިދާޅުވިއެވެ.

4000 ހައުސިން ޔުނިޓާ ގުޅޭ މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ބުނެފަވަނީ 4000 ފްލެޓްގެ ލިސްޓަށް ޝަރުތު ހަމަނުވާ %59.6 ފޯމް ހުށަހަޅާފައިވާކަމަށެވެ. އަދި ޝަރުތު ހަމަވާ ކަމަށް އޭސީސީން ބުނެފަވަނީ %20.7 ފޯމުކަމަށެވެ.

ފަހުން މި ލިސްޓު ރިވިއުކޮށް ސަރުކާރުން ހާމަކޮށްފައިވަނީ ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 4000 މީހުންގެތެރެއިން ޝަތުރު ހަމަވަނީ 1820 މީހުންގެކަމަށެވެ. މި ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި 8000 އަށްވުރެ ގިނަ ޝަކުވާ ހުށައެޅިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk