logo

ތެހެރާނަށް ޓްރަމްޕް ރައްދު ދިނުމާއެކު ތެލުގެ އަގު އުފުލިއްޖެ!

profile

ރިޟްވާން މޫސާ - 11 މޭ 2026 - 14:29

އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހެޅި ޝަރުޠުތަކުގެ ރައްދުގައި ތެހްރާނުން ހުށަހަޅާފައިވާ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމުގައި ވިދާޅުވެ، ރައީސް ޑޮނަލްޑް ޓްރަމްޕް އެ ހުށަހެޅުންތަކަށް އިންކާރު ކުރެއްވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ ވެސް އުފުލިއްޖެއެވެ.

https://wamco.com.mv/

ޞަހްޔޫނީން ރުއްސުމަށް ޓްރަމްޕް އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށްޓެވީ ފެބުރުވަރީ 28 ގައެވެ. ނަމަވެސް، މި ވަގުތު ދެ ފަރާތުން ދަނީ ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް "ނަމެއްގައި" އަމަލުކުރަމުންނެވެ.

ތެހްރާންގެ ޝަރުޠުތަކަށް އިންކާރުކުރައްވާ ކަން ޓްރަމްޕް އިޢުލާނު ކުރެއްވުމާއެކު، 10 ހަފުތާއަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމަ ދިގުލައިގެންގޮސް ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް ހުއްޓިފައި އޮތް އޮތުން ދެމިއޮވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ސުލްޙައިގެ މަޝްވަރާތައް އަލުން ފެށުމަށް ވޮޝިންގޓަނުން ހުށަހެޅި ހުށަހެޅުމަށް އިޖާބަދެމުން އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވަނީ ލުބްނާންގެ ޙިޒްބުالله މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަށް ނިމުމެއް ގެނައުމަށް ބާރުއަޅުއްވާފައެވެ.

ތެހްރާންގެ ހުށަހެޅުންތަކުގައި އެދިފައި ވަނީ ހަނގުރާމައިގައި ދީފައިވާ ގެއްލުންތަކަށް ބަދަލު ހޯދުމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ބާރު އީރާނަށް އޮތްކަމުގައި ޤަބޫލުކޮށް، އެމެރިކާގެ ކަނޑުގެ ޙިޞާރާއި ތެލުގެ ސިނާއަތަށް ކުރިމަތިކޮށްފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށެވެ.

ނަމަވެސް މީސްމީޑިޔާ މެދުވެރިކޮށް ޓްރަމްޕް ވަނީ އެ ހުށަހެޅުންތައް ބަލައިނުގަންނަވާނެ ކަން އިޢުލާނު ކުރައްވާފައެވެ. ވޮޝިންގޓަނުން ބޭނުންވަނީ ނިއުކްލިޔަރ ޕުރޮގުރާމު ފަދަ މައްސަލަތަކާމެދު މަޝްވަރާކުރުމުގެ ކުރިން ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ.

މި ދެބަސްވުންތަކާއެކު ތެޔޮ ފީފާއެއްގެ އަގު 4 އެމެރިކާ ޑޮލަރުން އުފުލިފައިވާއިރު، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ކަނޑުއޮޅި މިހާރު ވަނީ ގާތްގަނޑަކަށް ބަންދުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk