logo

ބައެއް ނޫސްވެރިން ގެ ސަބަބުން މުޅި ނޫސްވެރިކަމުގެ ޕްރޮފެޝަންއަށް ހުތުރު ނަމާއި ބަސްތައް އަމާޒުވޭ: ޑރ ހަލީލް

profile

މުޙައްމަދު ފަޟްލޫން - 28 އޭޕްރީލު 2026 - 14:46

ބައެއް ނޫސްވެރިން ގެ ސަބަބުން މުޅި ނޫސްވެރިކަމުގެ ޕްރޮފެޝަންއަށް ހުތުރު ނަމާއި ބަސްތައް އަމާޒުވާ ކަމަށް ކުރީގެ ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ މިނިވަން ނޫސްވެރިކަމުގެ ނަމުގައި، ބައެއް ނޫސްވެރިން އެތައް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، މުޖުތަމަޢު ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދަމުން ދާއިރު އެކަންކަން ބެލެން ވާނެ ކަމަށެވެ.

އަދި ވިދާޅުވީ މިފަދަ މަދު “ނޫސްވެރިން”ގެ ސަބަބުން މުޖްތަމަޢުގައި އޮންނަންޖެހޭ އަދަބު އަޚްލާގު ގެއްލި، އެކަކު އަނެކަކާ މެދު އޮންނަ އިތުބާރު ގެއްލެން މެދުވެރިވާ ކަމަށެވެ. މިފަދަ މަދު ނޫސްވެރިން ގެ ސަބަބުން މުޅި ނޫސްވެރިކަމުގެ ޕްރޮފެޝަންއަށް ހުތުރު ނަމާއި ބަސްތައް އަމާޒުވާކަން ޚަލީލް ފާހަގަ ކުރެއްވި އެެވެ.

ހަލީލް ވިދާޅުވި ގޮތުގައި ޒިންމާދާރު، މިނިވަން ނޫސްވެރިކަމަކީ ގައުމުގެ އިޖްތިމާއި ފޭރާމުގެ މުހިންމު ގުނަވަނެކެވެ.

މިފަދަ ވިޔާނުދާ ކަންކަން ނޫސްވެރިކަމުގައި ދިމާވަނީ، ރާއްޖޭގައި ނޫސްވެރިއަކަށް ވުމަށް އެއްވެސް މިންގަނޑެއް، ޝަރުތެއް އަދި ފުރިހަމަ ކުރަންޖެހޭ ތަމްރީނެއް ވެސް ނެތުމުން. ގައުމެއްގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަން ކަމަށް ބުނެއުޅޭއިރު، އެބާރުގެ "ވަޒީފާ"ގައި ތިބެންވާނީ ވެސް އެކަށީގެންވާ ތަމްރީނުލިބިފައިވާ، ކަނޑައެޅޭ ޝަރުތު ތަކެއް ފުރިހަމަވާ ހުނަރުވެރިން ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk