
ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 09:38
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބޯކޮށް ވާރޭވެހި، މޫސުން ބޮޑަށް ގޯސްވެގެންދާނެއެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ބަލައި، މެޓް އޮފީހުން މިހާރު ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލުވެސް ނެރެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނީ ސައީދު
ގަޑިއިރެއް ކުރިން

މިއަހަރު ހައްޖަށްދާ މީހުންނަށް ފޮއްޓާއި ކިޓް ހަައްޖު ކޯޕަރޭޝަނުން ހަވާލްކުރަން ފަށައިފި
ގަޑިއިރެއް ކުރިން

ޕާޓީ ބަދަލުކުރުން މަޖިލިސް މެމްބަރު ކަމުގެ ގޮނޑިގެެއްލޭނެ ކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅައިފި
2 ގަޑިއިރު ކުރިން

ވިސާ އާއި ނުލާ 90 ދުވަހު އަޒަރުބައިޖާނަށް ދިވެހިންނަށް ދަތުރުކުރެވޭގޮތް ހަދައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)