logo

ސިވިލް ސާވިސް މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް 30 މިނެޓު ދީފި

profile

އާމިނަތު ޝަޒްލާ - 03 ޖުލައި 2026 - 10:35

ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވާ ހާލަތެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނެޓުގެ ބަފާ ޓައިމެއް ލިބޭ ގޮތަށް ގަވައިދު އިސްލާހުކޮށްފިއެވެ.

https://wamco.com.mv/

އިއްޔެ ވަނީ ސިވިލް ސާވިސް ގަވައިދުގައި، ބަފާ ޓައިމް ދޭނެ ގޮތް ހިމަނައި ގަވައިދަށް އިސްލާހު ގެނެސްފައެވެ.

އެ ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ އޮފީހަށް ހާޒިރުވާ ގަޑި އެޖަސްޓު ނުކޮށްދެވޭނެ ކަމަށް އިސްލާހުގައިވާއިރު، މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑިން ފެށިގެން ބަފާ ޓައިމްގެ ގޮތުގައި 30 މިނެޓު ލިބޭނެއެވެ. އަދި ބަފާ ޓައިމްގެ ތެރޭ ހާޒިރުވާ ނަމަ ސަބަބު ބަޔާންކޮށް އެޗުއާރު ސެކްޝަނަށް އަންގަން ޖެހޭއިރު، ބަފާ ޓައިމްގެ ގޮތުގައި ލިބޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާ ނަމަ ބަލާނީ ގަޑި ޖެހުނީ ކަމަށެވެ.

ބަފާ ޓައިމަށް 30 މިނެޓުގެ ވަގުތެއް ކަނޑައަޅާފައިވާއިރު، އެ ވަގުތުގެ ތެރޭ އޮފީހަށް ހާޒިރުވި ވަގުތަށް ބަލާ، އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކުރެވޭނެ ކަމަށް ވެސް ގަވައިދުގައި ވަނީ ހިމަނައިފައެވެ.

ޤަވައިދުގައި ވަނީ މިސްކިތު މުވައްޒަފުންގެ މަސައްކަތުގެ ވަގުތުވެސް ހިމަނާފައެވެ. މިސްކިތުގެ މުދިމުން ކޮންމެ ނަމާދު ވަގުތެއްގެ 5 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާން ޖެހެއެވެ. އަދި މިސްކިތުގެ މަސައްކަތުގެ މުވައްޒަފުން ކޮންމެ ފަރުޟު ނަމާދަކަށް މިސްކިތް ފޮޅާ ސާފުކޮށް ނަމާދު ވަގުތަށް މިސްކިތް ތައްޔާރުކުރުމަށާއި ނަމާދުކޮށް ނިމުމުން މިސްކިތް ސާފުކޮށް ބެލެހެއްޓުމަށް ނަމާދު ވަގުތެއްގެ 15 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާންޖެއެވެ.

ކޮންމެ ނަމާދު ވަގުތަކަށް މަދުވެގެން 30 މިނެޓް މިސްކިތުގައި ހޭދަކުރަންވާނެކަމަށްވެސް ޤަވާއިދުގައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk