
ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 03 ޖުލައި 2026 - 09:12
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ފަރާތްތައް ނުވަތަ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި، މި ފުރުޞަތު ހުޅުވާލާފައިވަނީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ ދެ މަޤާމަކަށް މެންބަރުން އައްޔަންކުރުމަށެވެ.
ބޯޑު މެންބަރުން ހޮވުމުގެ މަރުޙަލާތައް ކުރިއަށްދާނީ ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ތިން ބޭފުޅެއްގެ ނަން، މިކަމަށްޓަކައި އެކުލަވާލާފައިވާ ސިލެކްޝަން ކޮމިޓީން ޝޯޓްލިސްޓް ކުރާނެއެވެ. މީގެ އިތުރުން، ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވޭތޯ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ކަށަވަރުކުރާނެ ކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން އައްޔަންކުރެއްވުމުގެ އިޚްތިޔާރު ޤާނޫނީގޮތުން ލިބިވަޑައިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ބޯޑަށް ކުރިމަތިލާ ފަރާތްތައް ފުރިހަމަވާންޖެހޭ ބައެއް ޝަރުތުތައް:
* ދިވެހިރައްޔިތަކު ކަމުގައިވުން
* އުމުރުން 35 (ތިރީސް ފަހެއް) އަހަރު ފުރިފައިވުން
* ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ޑިގުރީ ޙާޞިލުކޮށް، އެއިން ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް، ދާއިރާގެ ތަޖުރިބާއާއި ފަންނީ ޤާބިލުކަން ލިބިފައިވުން
* ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވުން
* ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވުން
* ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ހިއްސާވާ ކުންފުންޏެއް ކޮންޓްރޯލްކުރާ
ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މެންބަރުން ހޮވުމުގައި އިސްކަންދޭނެ ދާއިރާތަކާއި މާކްސް ދިނުމުގެ އުސޫލު ހިމެނޭ ޓާރމްސް އޮފް ރެފަރަންސްތައްވެސް އެއޮފީހުން ވަނީ ޝާޢިއުކޮށްފައިވާއިރު، މި 2 މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ލިޔެކިޔުންތަކާއެކު މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ގޫގުލް ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިވިލް ސާވިސް މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް 30 މިނެޓު ދީފި
35 މިނިޓު ކުރިން

ފުލުހުންގެ ތަމްރީނު މަންހަޖު ޒަމާނީކޮށް، ބަދަލުތައް 43 ވަނަ ކޯހުން ފެށިގެން ތަންފީޒުކުރަނީ
35 މިނިޓު ކުރިން

މާފުށީގައި މާރަނގަ މާކެޓުގެ ޖުލައި މަހުގެ އެޑިޝަން ފަށައިފި
ގަޑިއިރެއް ކުރިން
.webp&w=3840&q=75)
ފައިނޭންޝަލް އެކްސްޕޯ: މިރެއާއި މާދަމާރޭ ހަވާ އަރުވާނީ
ގަޑިއިރެއް ކުރިން


.gif&w=3840&q=75)