
މާފުށީގައި މާރަނގަ މާކެޓުގެ ޖުލައި މަހުގެ އެޑިޝަން ފަށައިފި

އާމިނަތު ޝަޒްލާ - 03 ޖުލައި 2026 - 09:43
"މާރަނގަ މާކެޓު" ގެ ޖުލައި މަހުގެ އެޑިޝަން، ކ. މާފުށީގައި ފަށައިފިއެވެ. މި މާކެޓަކީ ކޮންމެ މަހަކު އެއްފަހަރު ކުރިއަށްގެންދާ މާކެޓެކެވެ.
މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި، މާފުށީ ކައުންސިލް އަދި ކ. މާފުށި ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ.
މާކެޓު ފަށާފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ. ތިން ދުވަހުގެ މުއްދަތައް ކުރިއަށްދާ މި މާކެޓު ހުޅުވިފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށްކަމަށް ބީސީސީއިން ބުނެއެވެ.
މި މާކެޓުގައި ރާއްޖޭގައި އުފައްދާ ތަފާތު ބާވަތްތަކާއި، ކާބޯތަކެއްޗާއި، އަތްތެރި މަސައްކަތްތަކުގެ އިތުރުން ހަނދާނީ ހަދިޔާ ފަދަ އުފެއްދުންތެރި ގިނަ ތަކެތި ލިބެން ހުންނާނެއެވެ
މި މާކެޓުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިވެރިންނަށާއި ކުދި ވިޔަފާރިތަކަށް ޤަވާއިދުން ކަސްޓަމަރުންނާ ބައްދަލުވެ، އެ ފަރާތްތަކުގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ތަޢާރަފުކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
ގުޅުން ހުރި ޙަބަރުތައް

ސިވިލް ސާވިސް މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް 30 މިނެޓު ދީފި
40 މިނިޓު ކުރިން

ފުލުހުންގެ ތަމްރީނު މަންހަޖު ޒަމާނީކޮށް، ބަދަލުތައް 43 ވަނަ ކޯހުން ފެށިގެން ތަންފީޒުކުރަނީ
41 މިނިޓު ކުރިން
.webp&w=3840&q=75)
ފައިނޭންޝަލް އެކްސްޕޯ: މިރެއާއި މާދަމާރޭ ހަވާ އަރުވާނީ
2 ގަޑިއިރު ކުރިން

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)