
ފުލުހުންގެ ތަމްރީނު މަންހަޖު ޒަމާނީކޮށް، ބަދަލުތައް 43 ވަނަ ކޯހުން ފެށިގެން ތަންފީޒުކުރަނީ

އާމިނަތު ޝަޒްލާ - 03 ޖުލައި 2026 - 10:34
ފުލުހުންގެ އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށްޓަކައި، އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން ގެނެވޭ ބަދަލުތައް ކުރިއަށް އޮތް ފުލުހުންގެ 43 ވަނަ އަސާސީ ތަމްރީނު ކޯހާ އެކު އަމަލީ ގޮތުން ތަންފީޒުވާން ފަށާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މި ބަދަލުތައް އިއުލާންކުރައްވާފައިވަނީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވުނު ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ސީޕީ އަޙްމަދު މުޙައްމަދު ވަނީ ފުލުހުންގެ އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް ކޮލެޖުގެ އިސްވެރިންނަށާއި ހީވާގި މުވައްޒަފުންނަށް ގޮވާލައްވާފައެވެ.
ސީފީ ވިދާޅުވީ އެންމެ ބޮޑު އެދުމަކީ، ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހާ އެކު، މި ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުން ކަމަށެވެ. އަދި އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން، އަމަލީ މައިދާނުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރާނެ ހުނަރުވެރި، ނަމޫނާ، ފެންވަރު ރަނގަޅު އޮފިސަރުންތަކެއް ބިނާކުރުމަށް ހާއްސަ އިސްކަމެއް ދީގެން މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.
މި މުހިންމު އިލްތިމާސާ އެކު، ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި އަގުހުރި ވާހަކަފުޅުގެ މަތިން ހުރިހާ މުވައްޒަފުންނަށް ސީޕީ ހަނދާންކޮށްދެއްވިއެވެ. އެގޮތުން ތަމްރީނު މަރުކަޒުތަކަކީ ފެންވަރު ރަނގަޅު، ޒަމާނީ ވަސިލަތްތަކުން ފުރިގެންވާ ތަމްރީނުދޭ މައިދާންތަކަކަށް ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަމާއި، ޒަމާނީ ބަދަލުތަކާއެކު ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރާއި ގަދަރު ލިބިގެންވާ ތަނަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޔަގީންކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް، ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ކޮށްދެއްވާ އަގުހުރި މަސައްކަތްޕުޅައްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ސީޕީ އިހުލާސްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ.
ރޭ ދަސްވެނިވި ޒުވާން އޮފިސަރުންނާ މުހާތަބުކުރައްވައި ސީޕީ ވިދާޅުވީ، ފުލުހުން ލައިގެން ތިބި ނޫކުލައިގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން ކަމަށާއި، އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން، ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މާނައަކީ ހަމައެކަނި ޤާނޫނު ތަންފީޛު ކުރުމެއް ނޫން ކަމަށާއި، ފުލުހުންނަކީ މުޅި މުއައްސަސާގެ ލޯގަނޑު ކަމުގައި ވުމާއެކު، އޮފިސަރުންގެ އަޚްލާޤާއި އަމަލުތަކުން ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭނެ ފަރުވާއަކަށް ފުލުހުން ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ސީޕީ ވަނީ، ކޮލެޖްގެ ހިންގުންތެރި ވެރިން ކޮށްދެއްވަމުން ގެންދަވާ މަސައްކަތަށާއި، މި ފެސިލިޓީގައި އެއްވެސް މެދުކެނޑުމެއް ނެތި ތަމްރީނުތައް ކުރިއަށް ގެންދިއުމަށްޓަކައި ރެއާދުވާލު ވަރުބަލިކަމެއްނެތި ކޮށްދެއްވި ބުރަ މަސައްކަތަށް ސާބަހާއި ޝުކުރު ދަންނަވާފައެވެ. އަދި ދަސްވެނިވި ހުރިހާ އޮފިސަރުންނަށާއި އެ އޮފިސަރުންގެ ބެލެނިވެރިންނަށް ތަހުނިޔާ އާއި މަރުހަބާ ރައްދުކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ސިވިލް ސާވިސް މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް 30 މިނެޓު ދީފި
2 ގަޑިއިރު ކުރިން

މާފުށީގައި މާރަނގަ މާކެޓުގެ ޖުލައި މަހުގެ އެޑިޝަން ފަށައިފި
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
ފައިނޭންޝަލް އެކްސްޕޯ: މިރެއާއި މާދަމާރޭ ހަވާ އަރުވާނީ
3 ގަޑިއިރު ކުރިން

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)