.webp&w=3840&q=75)
ފައިނޭންޝަލް އެކްސްޕޯ: މިރެއާއި މާދަމާރޭ ހަވާ އަރުވާނީ

އާމިނަތު ޝަޒްލާ - 03 ޖުލައި 2026 - 09:43
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން މިރެއާއި މާދަމާ ރޭ 10:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާއެރުވުމަށް ނިންމައިފިއެވެ.
މަރުކަޒީ ބޭންކް،އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ބުރާސްފަތި ދުވަހު ފަށާފައިވާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ. އެމްއެމްއޭއިން ބުނީ، އެކްސްޕޯ މިއަދު ކުރިއަށް ދާނީ ކުޑަކުދީންނަށް ޚާއްސަ ގިނަ ކަންތައްތަކެއް ހިމަނައިގެން ކުޑަކުދިންގެ ހަވީރަކާއެކުއެވެ.
ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޅިވަރުގެ އިތުރުން އެތައް އިނާމެއް ލިބިގެންދިއުމުގެ ފުރުސަތު އޮތް ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ. ކުޑަކުދިންގެ ހަވީރު ފަށާނީ މިއަދު ހަވީރު 4 އިން 6 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ކުރިއަށް ދާއިރު އެކްސްޕޯގެ މައި ހަރަކާތްތައް ވެސް ކުރިއަށް ދާނެއެވެ. މި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް 25000 ރުފިޔާގެ ފައިސާގެ އިނާމް ކޮންމެ ދުވަހަކު ލިބުމުގެ ފުރުސަތު އޮވެއެވެ. އަދި ކޮންމެ ދުވަހަކު 5 އައިޕެޑާއި އެ ނޫންވެސް އެތައް އިނާމެއް ހުށަހެޅިފައިވެއެވެ.
ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި، އަލަށް ތައާރަފުކުރާ ޚިދުމަތްތަކާގުޅޭ މައުލޫމާތު ހޯދައި، މާލީ ގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ އިރުޝާދު ހޯދުމަށް މުހިންމު އެކްސްޕޯއަކަށް ވެގެންދާނެއެވެ.
މި އެކްސްޕޯ އޮންނާނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ. އެކްސްޕޯއަށް ވަނުމުގެ ފުރުސަތު އާންމުންނަށް ހިލޭ ވަނީ ހުޅުވާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިވިލް ސާވިސް މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް 30 މިނެޓު ދީފި
31 މިނިޓު ކުރިން

ފުލުހުންގެ ތަމްރީނު މަންހަޖު ޒަމާނީކޮށް، ބަދަލުތައް 43 ވަނަ ކޯހުން ފެށިގެން ތަންފީޒުކުރަނީ
32 މިނިޓު ކުރިން

މާފުށީގައި މާރަނގަ މާކެޓުގެ ޖުލައި މަހުގެ އެޑިޝަން ފަށައިފި
ގަޑިއިރެއް ކުރިން

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)