
ގެސްޓްހައުސް އެވޯޑަށް އަންނަ މަހު ހުޅުވާލަނީ

އާމިނަތު ޝަޒްލާ - 30 ޖޫން 2026 - 13:43
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކުރާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް އެ ބޭންކުން ނިންމައިފިއެވެ.
ރާއްޖޭގެ ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ސިނާއަތް ކުރިއެރުވުމުގެ މަގުސަދުގައި ދެވޭ މި އެވޯޑަކީ، މި ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނާއި ގެސްޓްހައުސްތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި އެވޯޑެވެ.
މި އެވޯޑަށް ކުރިމަތިލާ ގެސްޓްހައުސްތަކަކީ ރާއްޖޭގައި ގާނޫނީގޮތުން ރަޖިސްޓްރީކޮށް، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސައްހަ އޮޕަރޭޓިންގ ލައިސަންސެއް އޮތް ތަންތަނަށް ވާންޖެހެއެވެ. މީގެ އިތުރުން، އެ ތަނަކީ މަދުވެގެން 12 މަސްދުވަހު މެދުކެނޑުމެއްނެތި ހިންގާފައިވާ ތަނަކަށް ވުމާއެކު، ބައިނަލްއަގުވާމީ އޮންލައިން ޓްރެވަލް ޕްލެޓްފޯމެއްގައި ހަރަކާތްތެރި ލިސްޓިންގްއެއް އޮންނަންވާނެއެވެ. އަދި ޓެކްސް ކްލިއަރެންސާއި ޕެންޝަން ފަދަ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިޒާމުތައް ފުރިހަމަވެފައި އޮތުމަކީ ލާޒިމު ކަމެކެވެ.
އެމްއައިބީން މައުލޫމާތު ދޭ ގޮތުގައި، ތަފާތު ސައިޒުތަކުގެ ގެސްޓްހައުސްތަކުގެ މެދުގައި އިންސާފުވެރި ވާދަވެރިކަމެއް ގާއިމުކުރުމަށްޓަކައި، އެވޯޑްތައް ބަހާލާފައިވަނީ މައިގަނޑު ދެ ގިންތިއަކަށެވެ. އެގޮތުން 'ޓިއަރ 1' ހާއްސަކޮށްފައިވަނީ 10 ކޮޓަރިއާ ހަމައަށް ހިމެނޭ ތަންތަނަށެވެ. އަދި 'ޓިއަރ 2' ކަނޑައަޅާފައިވަނީ 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތަކަށެވެ.
ޖޭމް ލޮޖް: އއ. ތޮއްޑޫ
ވަކިވަކި ފަރުދުންނަށް ދެވޭ އެވޯޑްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށް ވާންޖެހޭއިރު، އެއީ އެމްއައިބީ ނުވަތަ އިވޭލުއޭޝަން މަރުހަލާ ކުރިއަށްގެންދާ 'ކްރޯ މޯލްޑިވްސް އެޑްވައިޒަރީ' އާ މަސްލަހަތު ފުށުއަރާ ފަރާތްތަކަކަށް ވެގެން ނުވާނެއެވެ. "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" އަށް ކުރިމަތިލާ ރަށްރަށުގައި މަދުވެގެން 50 ގެސްޓްހައުސް ކޮޓަރި ހުންނަންޖެހޭނެ ކަމަށްވެސް އެ ބޭންކުން ފާހަގަކުރެއެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން އެންޑޯސްކޮށްފައިވާ މި އެވޯޑު، ޖުމްލަ ތިން ކެޓަގަރީއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ގެސްޓްހައުސްތަކަށް ހާއްސަ 8 އެވޯޑާއި، ފަރުދުންނަށް ދެވޭ 3 އެވޯޑްގެ އިތުރުން، އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑް ހިމެނެއެވެ. އެވޯޑް ދިނުމުގެ ރަސްމީ ހަފްލާ ބާއްވާނެ ތާރީޚެއް އެމްއައިބީން ފަހުން އިއުލާނުކުރާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ފްލެމިންގޯ ގޭގައި އަލިފާން ހިފާފައިވަނީ އޭސީ އިންޑޯ ޔުނިޓްގައި ރޯވެގެން: އެންޑީއެމްއޭ
ގަޑިއިރެއް ކުރިން

އޭއީއެޗްގައި އެމްއާރް ވެކްސިން ދޭން ފަށަައިފި
2 ގަޑިއިރު ކުރިން

ރާއްޖެ-އިންޑިއާ އެފްޓީއޭގެ މަޝްވަރާތައް ފަށައިފި
2 ގަޑިއިރު ކުރިން

މާލެ ޓެކްސީލައިން މެދުވެރިކޮށް މިހާތަނަށް 6912 ދަތުރުކޮށްފައިވޭ: ސައީދު
5 ގަޑިއިރު ކުރިން


.gif&w=3840&q=75)