
އޭއީއެޗްގައި އެމްއާރް ވެކްސިން ދޭން ފަށަައިފި

އާމިނަތު ޝަޒްލާ - 30 ޖޫން 2026 - 13:07
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން، މި ހިނގާ ޖޫން މަހުގެ 30 ވާ އަންގާރަ ދުވަހުން ފެށިގެން ހިމަބިހީގެ ވެކްސިން ދޭން ފަށައިފިއެވެ.
މިއީ ރާއްޖެއިން ހިމަބިހި (މީސަލްސް) ފެނުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އޭއީއެޗްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ވެކްސިން ދިނުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ވެކްސިން ޖަހައިދޭނެ ގަޑިތަކުގެ ތަފްސީލު އެ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.
މި ވެކްސިން ޕްރޮގްރާމްގައި އިސްކަންދެނީ އުމުރުން 30 އަހަރުން ދަށުގެ ދިވެހިންނަށާއި ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށެވެ. ވެކްސިން ޖަހަން ވަޑައިގަންނަވާއިރު އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ގެންދެވުމަށް ހޮސްޕިޓަލުން އިރުޝާދު ދެއްވައެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ޤައުމަކަށް ވީނަމަވެސް، މިދިޔަ މަހުން ފެށިގެން މި ބަލީގެ ކޭސްތަކެއް ފެންނަމުންދާތީ ކަމާބެހޭ އިދާރާތަކުން އަންނަނީ ސަމާލުކަން އިތުރުކުރަމުންނެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 22 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގެސްޓްހައުސް އެވޯޑަށް އަންނަ މަހު ހުޅުވާލަނީ
ގަޑިއިރެއް ކުރިން

ފްލެމިންގޯ ގޭގައި އަލިފާން ހިފާފައިވަނީ އޭސީ އިންޑޯ ޔުނިޓްގައި ރޯވެގެން: އެންޑީއެމްއޭ
ގަޑިއިރެއް ކުރިން

ރާއްޖެ-އިންޑިއާ އެފްޓީއޭގެ މަޝްވަރާތައް ފަށައިފި
2 ގަޑިއިރު ކުރިން

މާލެ ޓެކްސީލައިން މެދުވެރިކޮށް މިހާތަނަށް 6912 ދަތުރުކޮށްފައިވޭ: ސައީދު
5 ގަޑިއިރު ކުރިން


.gif&w=3840&q=75)