logo

މާލެ ޓެކްސީލައިން މެދުވެރިކޮށް މިހާތަނަށް 6912 ދަތުރުކޮށްފައިވޭ: ސައީދު

profile

މުޙައްމަދު ފަޟްލޫން - 30 ޖޫން 2026 - 10:16

މާލެ ޓެކްސީ ލައިންގެ ޚިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ހާމަކުރައްވައި، މިހާތަނަށް ޖުމްލަ 6،912 ދަތުރު ކޮށްފައިވާކަމަށް އިގްތިސާދީ ތަރައްގީ އާއި ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ޖޫން މަހުގެ 22 އިން 28 ގެ ނިޔަލަށް އެކަނިވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

މި މުއްދަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައީ މާލެ ސިޓީގެ އެތެރޭގައި ކުރެވުނު ދަތުރުތަކެވެ. އެއީ ޖުމްލަ 3،569 ދަތުރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ވިލިމާލޭގައި ފެށި ޓެކްސީގެ ހިދުމަތަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރައްވައި، އެ މުއްދަތުގައި އެ ރަށުން 528 ދަތުރު ކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ޖޫން މަހުގެ 2 ވަނަ ދުވަހު އެޕަލްގެ އެޕް ސްޓޯރަށް އަދި 4 ވަނަ ދުވަހު އެންޑްރޮއިޑް ޕްލެޓްފޯމަށް ހާއްސަ މޮބައިލް އެޕްލިކޭޝަން ތައާރަފުކޮށްފައިވާ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން 22 އިން 28 އަށް ވެބް އެޕްލިކޭޝަން މެދުވެރިކޮށް 6،112 ބުކިން ހަދާފައިވެއެވެ.

މީގެ އިތުރުން، ކޯލް ސެންޓަރު މެދުވެރިކޮށް 800 ބުކިން ހަދާފައިވާއިރު، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ބާރުބޮޑު ގަޑިތަކުގައި ކޯލްތަކަށް ޖަވާބުދިނުމަށް އެވްރެޖްކޮށް 5 އާއި 6 މިނެޓާ ދެމެދުގެ ވަގުތެއް ނަގާއިރު، އެ ނޫން ގަޑިތަކުގައި 3 އާއި 4 މިނެޓުގެ ތެރޭގައި ކޯލްތަކަށް ޖަވާބުދެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk