
ރާއްޖެ-އިންޑިއާ އެފްޓީއޭގެ މަޝްވަރާތައް ފަށައިފި

އާމިނަތު ޝަޒްލާ - 30 ޖޫން 2026 - 13:06
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ބޭނުންވާ ރަސްމީ މަޝްވަރާތައް މިހާރު ފަށާފައިވާކަން އިޤްތިޞާދީ ތަރައްޤީއާއި ތަރުތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު އޮނިގަނޑު ނުވަތަ 'ޓާމްސް އޮފް ރިފަރެންސް' ގައި ދެ ޤައުމުން ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
މި މަޝްވަރާތަކުގެ ބިންގާ އެޅިގެންދިޔައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމަށް މަގުފަހިކުރުމަށް ބޭނުންވާ 'ޓާމްސް އޮފް ރިފަރެންސް' އަކީ އެއްބަސްވުން ކުރިއަށްދާނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑެވެ.
މި މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރަސްމީ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން މިދިޔަ ހޯމަ ދުވަހު ބާއްވާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދަނީ ފަންނީ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުގެ ދަށުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފަދަ އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުފައްދާ ބާވަތްތަކަށް ބޭރުގެ ބާޒާރުތަކުން ލުއިފަސޭހަ ފުރުޞަތުތައް ހޯދައިދިނުމެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މީގެ ސަބަބުން އިމްޕޯޓް ޑިއުޓީ ކެނޑުމުގެ އިތުރުން ވިޔަފާރީގެ އެހެނިހެން ފުރުޞަތުތައްވެސް ފަހިވެގެންދާނެއެވެ. މިކަމުގެ މިސާލެއްގެ ގޮތުން ޗައިނާއާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން 'އަލީބާބާ' ފަދަ ބޮޑެތި ޕްލެޓްފޯމްތަކުގައި ދިވެހި އުފެއްދުންތައް މާކެޓްކުރުމަށް ފުރުޞަތު ލިބުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންޑިއާއާއެކު މި އެއްބަސްވުން ގާއިމުވުމުން، ދުނިޔޭގެ އެންމެ ބޮޑު ދެ ކޮންސިއުމާ މާކެޓް ކަމަށްވާ ޗައިނާއާއި އިންޑިއާއާއެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ ގުޅުން ގާއިމުކުރެވި، އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ގެސްޓްހައުސް އެވޯޑަށް އަންނަ މަހު ހުޅުވާލަނީ
ގަޑިއިރެއް ކުރިން

ފްލެމިންގޯ ގޭގައި އަލިފާން ހިފާފައިވަނީ އޭސީ އިންޑޯ ޔުނިޓްގައި ރޯވެގެން: އެންޑީއެމްއޭ
ގަޑިއިރެއް ކުރިން

އޭއީއެޗްގައި އެމްއާރް ވެކްސިން ދޭން ފަށަައިފި
2 ގަޑިއިރު ކުރިން

މާލެ ޓެކްސީލައިން މެދުވެރިކޮށް މިހާތަނަށް 6912 ދަތުރުކޮށްފައިވޭ: ސައީދު
5 ގަޑިއިރު ކުރިން


.gif&w=3840&q=75)