
މަޑިވަރަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ

މުޙައްމަދު ފަޟްލޫން - 09 ޑިސެމްބަރު 2025 - 07:55
މޯލްޑިވިއަން އިން ޅ އަތޮޅު މަޑިވަރު އެއރަޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
މި ހިނގާ ޑިސެމްބަރު މަހުގެ 22ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު މަޑިވަރަށް ކުރާ ދަތުރުތަކުގެ އަދަދު 3 އަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
ޑިސެންބަރު 22އިން ފެށިގެން ބުދަ ދުވަހާއި ހޮނިހިރު ދުވަހުގެ އިތުރުން، ކޮންމެ ހޯމަ ދުވަހެއްގައި ވެސް މަޑިވަރަށް ދަތުރުތައް ބޭއްވުމަށް މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ.
މަޑިވަރަށް މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގު އުޅެނީ 799 ރުފިޔާއަށެވެ.
މޯލްޑިވިއަންގެ ފަރާތުން ރާއްޖޭގެ އެތެރޭގެ ގިނަ އަތޮޅުތަކަކަށް ދަނީ ދަތުރުތައް ކުރަމުންނެވެ.
ރާއްޖޭގެ އުތުރާއި ދެކުނާއި މެދު ރާއްޖެ ތެރެ ހިމެނޭހެން މޯލްޑިވިއަން އިން ދަނީ ކޮންމެ ދުވަހަކު ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.
މޯލްޑިވިއަން އިން ގެންދަނީ ރާއްޖެ އާއި ރާއްޖެއިން ބޭރަށް ވައިގެ ދަތުރުތައް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭހާއި ތެޔޮ އަދި ކާބޯތަކެތި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވެންވާނެ: ފައިސަލް ނަސީމް
4 ގަޑިއިރު ކުރިން

މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރާ ދަތުރުތައް އަލުން ފަށައިފި
4 ގަޑިއިރު ކުރިން

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
ދުވަހެއް ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
ދުވަހެއް ކުރިން


.gif&w=3840&q=75)