
ބޯޑޯ/ގްލިމްޓް އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން..
ރަށުން ބޭރުގައި ބޯޑޯ ގްލިމްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވެއްޖެ

ހަސަން ޝަމްއޫން - 20 ޖެނުއަރީ 2026 - 23:36
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ނޯވޭގެ ބޯޑޯ/ގްލިމްޓް އާއި ދެކޮޅަށް ޕްރެމިއާ ލީގުގެ މެންޗެސްޓާ ސިޓީ އިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން ބޯޑޯ އިން ކާމިޔާބުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގައި ބޯޑޯ/ގްލިމްޓް އެންމެ ފަހުން ކުޅުނު މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޮޓްމަންޑާއި ވާދަކޮށް 2-2 ގެ ނަތިޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ޗެމްޕިއަންސް ލީގުގައި ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑް 2-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ބޯޑޯ އިން ސިޓީގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ދެ ހަމަލާގައި އެޓީމުން ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް ފޯވާޑް ކަސްޕަރ ހޯގް އެވެ.
މެޗުގެ ދެވަނަ ހާފު ބޯޑޯ އިން ވަރުގަދަކޮށް ފެށިއިރު، އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނޯވޯ ފޯވާޑް ޔެންސް ޕިޓާ ހަގް އެވެ. އަދި އޭގެ ދެމިނެޓް ފަހުން ސިޓީގެ ރަޔާން ޗިރްކީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
ނަމަވެސް އޭގެ ދެމިނެޓް ފަހުން ސިޓީގެ މިޑްފީލްޑަރު ރޮޑްރީއަށް ގާތްގާތުގައި ދެއްކި ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުން މެޗުގެ ބާކީބައި ސިޓީ އިން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތް މެޗުން ބޯޑޯ/ގްލިމްޓްއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 27 ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ސިޓީ އިން ލީގުބުރުގައި ކުޅުނު ހަތް މެޗުން ހޯދި 13 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޔުރޮޕާ ލީގު: ފެނަބާޗޭ ބަލިކޮށް، ބާކީ އެއްމެޗު އޮއްވައި އެސްޓަންވިލާ އިން ދެވަނަ ބުރު ޔަގީންކޮށްފި
ދުވަހެއް ކުރިން

ޔުރޮޕާ ލީގް: ރަށުން ބޭރުގައި ބްރާގާ އަތުން ފޮރެސްޓް ބަލިވެއްޖެ
ދުވަހެއް ކުރިން

ކޭންގެ ދެލަނޑާއެކު ރޯޔަލް ޔޫނިއަން ބަލިކޮށް ބަޔާން އިން ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި
2 ދުވަސް ކުރިން

ވާދަވެރި ކުޅުމަކަަށްފަހު ފަހަތުން އަރައި ބާސެލޯނާ އިން ސްލާވިއާ ޕްރާގް ބަލިކޮށްފި
2 ދުވަސް ކުރިން


